ގަވާއިދުން ކަސްރަތު ކުރި ނަމަވެސް ގިނަ ބަޔަކަށް ދުޅަހެޔޮކޮށް ތިބުމަށް ކުރިމަތިވާ ގޮންޖެހުމަކީ ކާނާ ކާންވީ ރަނގަޅު ވަގުތު ނޭނގުމެެވެ. އެ ވަގުތަކު ހަށިގަނޑަށް އެންމެ ރަނގަޅު ވާނީ ކޮން ބާވަތެއްގެ ކާނާއެއް ކަން ނޭނގުމެވެ. އެކަމުގެ ސަބަބުން ކުރި ކަސްރަތުގެ އެއްވެސް ރާހަތެއް ހަށިގަނޑަށް ނުކުރާތަން އާދެ އެެވެ. އެހެން ކަމުން ކަސްރަތު ކުރުމަށްފަހު ކެއުމަށް އެންމެ ރަނގަޅު ބައެއް ކާނާ ހިމަނާލަމެެވެ.
ކިވީ
ކިވީގައި ގިނަ އަދަދަކަށް ވިޓަމިން ސީ އަދި ޕޮޓޭސިއަމް ހިމެނެ އެވެ. އެއާއެކު ކިވީގައި ހިމެނޭ އެންޓިއޮކްސިޑެންޓްސްގެ ސަބަބުން މަސްތަކަށް ވެފައި ހުންނަ ގެއްލުންތައް އަވަހަށް ރަނގަޅުވުމަށް އެހީވެދެ އެވެ.
ދޮންކެޔޮ
ކަސްރަތު ކުރުމަށްފަހު ވެފައި ހުންނަ ވަރުބަލިކަން ފިލުވާލާ އަވަހަށް ހަށިގަނޑަށް ހަކަތަ ބޭނުންވާނަމަ އެންމެ ރަނގަޅީ ދޮންކޭލެެވެ. ދޮންކޭލުން ލޭގައި ހަކުުރު ހިމެނޭ މިންވަރު ހަމައަކަށް އަޅުވާލަ އެވެ. މީގެ އިތުރުން ޕޮޓޭސިއަމް ވެސް ގިނަ އަދަދަކަށް ހިމެނުމާއިއެކު ދޮންކޭލުގައި ހިމެނޭ މިނަރަލްސް އަކީ ހިތަށާއި މަސްތަކަށް ފައިދާ ހުރި އެއްޗެކެވެ.
އޯޓްމީލް
އޯޓްމީލުން ހަށިގަނޑުގެ ވަރުބަލިކަން ވަރަށް އަވަހަށް ފިލުވައިދެ އެވެ. ހެނދުނުގެ ކަސްރަތަށްފަހު އޯޓްމީލްއަކީ ކެއުމަށް އެންމެ ރަނގަޅު އެއްކާނާ އެވެ. އެގޮތުން ކޮލެސްޓްރޯލް ލެެވެލް ދަށްކޮށްދީ ދުވަސް ފެށުމަށް ބެނުންވާ ހަކަތަ ހަށިގަނޑަށް ގެނުވައިދެ އެވެ.
އެއްބަސްވުމާ ހިލާފުވެ، އެމެރިކާއިން އީރާނުގެ ބޯޓަކަށް ހަމަލާ ދީފި
ގުދުރަތީ މާހައުލެއްގައި ދުވާލަކު 20 މިނެޓު ހޭދަކުރޭ!
"ލާހޯރް 1947"ގެ ނަން ބަދަލު ކުރަނީ!