ބައެއް މީހުންނަށް ހީވެފައި އޮންނަ ގޮތުގައި ކަކުލުގައި ރިހުމަކީ ރަނގަޅު ކުރަން ވަރަށް އުނދަގޫ ކަމެކެވެ. އެހެން ނަމަވެސް ކުރީކޮޅު މިކަމަށް ސަމާލުކަން ދީގެން ފަރުވާ ކުރެވިއްޖެނަމަ މިއީ ގޭގައިވެސް ފަރުވާ ދެވިދާނެ ކަމެކެވެ.
ކަކުލުގައި ރިހުމަކީ ކުޅިވަރުގެ ތެރޭގައި އުޅޭ މީހުންނަށް އާންމުކޮށް ދިމާވާ ކަމެކެވެ. މީގެ އިތުރުން ބަރުދަން އިތުރުވުމާއި ސިއްހީ އެކި މައްސަލަތަކުން ވެސް މިހެން ދިމާވެ އެވެ. ދެން ގޭގައި މިކަަމަށް ފަރުވަ ދެވިދާނެ ގޮތްތަކަށް ބަލާލަމާ ހިނގާށެވެ.
އެޕަލް ސައިޑާ ވިނެގާ
މިއީ ގިނަ ސިއްހީ މައްސަލަތައް ހައްލުކުރުމަށް ބޭނުން ކުރެވިދާނެ އެއްޗެވެ. އެގޮތުން ކަކުލުގެ ރިހުމަށް ފަރުވާ ކުރުމަށްވެސް މިއީ ރަނގަޅު އެއްޗެކެވެ. އެގޮތުން ދެ ތަށި ފެނަށް ދެ ސަމުސާ ވިނެގާ އަޅައިގެން ދުވަހުގެ އެކި ފަހަރު މަތިން ބޯށެވެ. ނުވަތަ ބޮޑު ތަށްޓަކަށް ހޫނު ފެނާއި ދެ ޖޯޑު ވިނެގާ އަޅައި ކަކޫލައިގެން 30 މިނެޓް ވަންދެން އިންނާށެވެ.
އިނގުރު ސައި
ގޭގައިވެސް ފަސޭހައިން ތައްޔާރުކޮށްލޭނެ އިނގުރު ސަޔަކީ ދުޅަވުމުންނާއި ދުޅަވުމާއި ގުޅިގެން ރިހޭ ރިހުމުން ދުރުކޮށްދޭ އެއްޗެކެވެ. އިނގުރުގައި ހިމެނޭ އެންޓި-އިންފްލެމެންޓަރީ ޕްރޮޕަޓީސްގެ ސަބަބުން ދުޅަވުމާއި ދުޅަވުމާއި ގުޅިގެން ރިހޭ ރިހުމުން ދުރުކޮށްދެ އެވެ.
ލުނބޯ
ލުނބޯގައި ހިމެނޭ ސިޓްރިކް އެސިޑްގެ ސަބަބުން ހުޅުހުޅުގައި ހުންނަ ޔޫރިކް އެސިޑް ކްރިސްޓަލްސްތައް ނެތިކޮށްލުމަށް އެހީތެރިވެދެ އެވެ. ލުނބޯ ފޮތިކޮށްލުމަށްފަހު ފޮތިކޮޅަކަށްލައި ރިހޭ ހިސާބުގައި އައްސާލަށެވެ. ލުނބޯ ލާ ފޮތިކޮޅު އޮންނަށް ވާނީ ސެސިމީ ތެލުން ހޫނުކޮށްލާފައި އެއިން ފޯކޮށްލާފަ އެވެ. މިގޮތަށް ކޮންމެ ދުވަހު ދެ ފަހަރު ފޮތިކޮޅު އައްސައިގެން ފަސް މިނެޓާ ދިހަ މިނެޓާ ދެމެދުގެ ވަގުތު ކޮޅަކަށް މަޑުކޮށްލާށެވެ.