ފިޒީ ޑްރިންކްސްއަކީ މިއަދު އަހަރުމެންގެ މުޖުތަމައުގައި، ހާއްސަކޮށް ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު ބުއިންތަކެކެވެ. ނަމަވެސް ހަގީގަތަކީ އެފަދަ ބުއިންތައް ނުބޮއެ އެންމެ ދުވަހެއް ވިޔަޑް ދޫކޮށްލުމުން ވެސް ހީނުކުރާ ފަދަ ފައިދާތަކެއް ހަށިގަނޑަށް ލިބޭ ކަމެވެ.

އެންމެ މަގުބޫލު ކޮކާ ކޯލާ މިސާލަކަށް ނަގާނަމެވެ. 500މލ ގެ ކޮކާ ކޯލާ ފުޅިއެއްގަވެސް 210 މިންވަރަށް ކެލޮރީސް ހިމެނެ އެވެ. އެހެން ގޮތަކުން ބުނާނަމަ އެއީ ސަރުބީ އެވެ. ހިކެން ބޭނުންވާނަމަ ނުވަތަ ހަށިގަނޑަށް އިތުރު ގެއްލުމެއް ދިނުމުގެ ބަދަލުގައި މިކަންނަމަށް ސަމާލު ވެލާށެވެ.

އޭގެ އިތުރުން ފިޒީ ޑްރިންކްސްގެ ސަބަބުން ދަތްތަކަށް ވެސް ވަރަށް ގިނަ ގެއްލުން ތަކެއް ލިބެ އެވެ. ދަތް ފަނި ކެއުމުގެ އިތުރުން ދަތްތައް ގިރެން ފަށަ އެވެ. ދަތްތަކުގެ ކުލަ ބަދަލުވެ ހަޑި ވުމުގެ ސަބަބުން މީހުން ގިނަ ތަންތަނުގައި ހީލަން ނުކެރިފައި ހުންނަން ޖެހޭތަން އެބަ ފެނެ އެވެ.

ފިޒީ ޑްރިންކްސް ބުއިމުގެ ސަބަބުން ވިސްނުމުގެ ބާރު ދަށްކޮށްލަ އެވެ. މިހެން ވާން ދިމާ ވަނީ ސިކުނޑީގައި އުފެދޭ ބީޑީއެންއެފް ނަމަކަށް ކިޔާ ސެލްސް އުފެދުމަށް ފިޒީ ޑްރިންކްސްގެ ސަބަބުންް ހުރަސް އަޅާތީ އެވެ. ކިޔަވާ ކުދިންގެ އިންޓަވަލްއަށް ފަސޭހަ ކޮށްލުމުގެ ގޮތުން މަދުން ނަމަވެސް މިފަދަ ބުއިންތައް ގެންދާތަން ފެނެ އެވެ. އެކުދިންނަށް މިގޮތަށް ދެވޭ ކާނާ އެއްގެ ސަބަބުން ކިޔެވުމަށް އުދަނގޫތަކެއް ކުރެ އެވެ.

ސައިންސްވެރިންގެ ހޯދުން ތަކުން އެނގޭ ގޮތުގައި ފިޒީ ޑްރިންކްސް ބޮއެ އުޅެނީ ވަރުބަލިވުމުން ނުވަތަ ފޫހިވުމުންނެވެ. އެކަަމަކު ފިޒީ ޑްރިންކްސް ބުއިމުގެ ބަދަލުގައި ފެންފުޅި އެއް ބޯލުން ބުއްދިވެރި ކަމަށް ހޯދުންތަކުން ދައްކަ އެވެ.