ގްރީން ޓީއަކީ އަހަރުމެންގެ ތެރެއިން ގިނަ ބަޔަކު އާއްމު ކަޅު ސައިގެ ބަދަލުގައި ބޭނުންކުރާ ސައިގެ ވައްތަރެކެވެ. ކަޅު ސަޔަށްވުރެ ގްރީން ޓީ ސިއްހަތު ރަނގަޅު ކަމަށް ބެލެވިފައި ވާއިރު، މި ބުއިމުގައި ވެސް ނުރަނގަޅު ގޮތްތަކެއް ހުރެ އެވެ.
ކެއުމުގެ ފަހުން ގްރީން ޓީ ބުއިން
ކެއުމަށްފަހު ގްރީން ޓީ ބުއިމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އެގޮތަށް ކަންތައް ކުރާނަމަ ކާނާ ހަޖަމު ކުރުމުގެ ނިޒާމަށް އަސަރުކޮށް ނާސްތާގައި އެކުލެވޭ ޕްރޮޓީންސް ހަޖަމު ކުރަން ހުރަސް އަޅަ އެވެ.
މާ ހޫނުކޮށް ގްރީން ޓީ ބުއިން
ސައި ހޫނުކޮށް ބުއިމަކީ އަހަރުމެންގެ ތެރެއިން ގިނަ ބައެއްގެ އާދަ އެކެވެ. ނަމަވެސް މާ ހޫނުކޮށް ގްރީން ޓީ ބުއިމަކީ އެކަމުގެ ސަބަބުން ކަރަށާއި ބަނޑަށް ގެއްލުން ވެދާނެ ކަމެކެވެ. ގްރީން ޓީ ބުއިމަށް އެންމެ ރަނގަޅު ހޫނު މިނަކީ ތާފަނާ ފެނުގެ ހޫނުމިނެވެ.
ހައި ބަނޑާ ގްރީން ޓީ ބުއިން
ހެއިބަނޑާ ހުރެ ގްރީން ޓީ ބުއިމަކީ ބަރުދަން ލުއިކުރުމަށް އެހީވެދޭ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ނަމަވެސް ގްރީން ޓީ އަކީ އެންޓި އޮކްސިޑަންޓްސް ގިނަ ބުއިމެއް ކަމުން، ހައިބަނޑާ ގްރީން ޓީ ބުއިމަކީ ސްޓޮމަކް އެސިޑް އުފެދުން ގިނަ ކޮށްދޭ ކަމެކެވެ.