އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުންނަށް އެކަށީގެންވާ މިންވަރާއި ގާތަށްވެސް މަސައްކަތް ނުކުރެވޭތީ އެމެމްބަރުން މަޤާމުން ވަކިކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކައި ބެހޭ ކޮމިޓީން ނިންމައިފި އެވެ.
މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން އޭސީސީއާއި ގުޅޭގޮތުން ހޯދި މައުލޫމާތާއި، ކުރެވުނު މަސައްކަތަކުގެ މައުލޫމާތަށް ބެލުމަށްފަހު އިއްޔެ ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ވަނީ އޭސީސީގެ މެމްބަރުންގެ މަސައްކަތްތަކާއިމެދު ބޮޑެތި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އޭސީސީން މައްސަލަތައް ނިންމަން ދިގު މުއްދަތެއް ހޭދަވާތީ އެކަމުގެ ކަންބޮޑުވުން ތަކުރާރުކޮށް ލިބެމުން ދިއުމާއި ގުޅިގެން އެތައް ފަހަރެއްގެ މަތިން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީއަށް ހާޒިރު ކުރުމަށް ފަހުގައި ލިބުނު މައުލޫމާތުގެ މައްޗަށް ކޮމެޓީން ނިންމާފައިވަނީ ޕާފޯމަންސް އޮޑިޓަށް ފަހުގައި މެންބަރުން މަގާމުން ވަކިކުރުމަށެވެ.
އޭސީސީގެ މެމްބަރުން ވަކި ކުރުމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދެވެ. އޭނާގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް އެވެ.
ކޮމިޓީގައި ވާހަކަ ދައްކަވަމުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ވިދާޅުވީ މެމްބަރުންގެވެސް އަދި ރައްޔިތުންގެވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ ދައުލަތުގެ މާލިއްޔާއިން ގެއްލިފައިވާ ފައިސާ ނުހޯދި ލަސްވުންކަމަށެވެ. އޭސީސީން މަޖިލީހުގައި ތަފާތު އެކި ތާރީހުތައްދީ ވާހަކަ ދެއްކެވި ނަމަވެސް ނަތީޖާއަކާއި ހަމައަށް ގޮސްފައި ނުވާކަމަށް ޝަހީމް ވިދާޅުވި އެވެ.
ދައުލަތުން ގެއްލުނު ފައިސާގެ ބޮޑު އެއްވެސް މައްސަލައެއް މިހާތަނަށް އެ ކޮމިޝަނަށް ނިންމިފައިނުވާކަން ވަނީ ފާހަގަކޮށްފަ އެވެ. "އެއީ އެމްޑީޕީން ވެސް ގަބޫލުކުރާނެ ކަމެއް ނޫން.ކަމަށާއި އަނެއްކާ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އަޅުގަނޑު ވެސް ގަބޫލެއް ނުކުރަން މައްސަލައެއް ބެލެން ޖެހެނީ ނިމެން ޖެހެނީ އަށް މަސް ދުވަހުން ކަމަށް. އަޅުގަނޑުމެން އެ ބޭފުޅުން ކޮމިޓީއަށް ގެނެސް ވަކިވަކިން ފާފޯމަންސް ބެލުމަށް ފަހު އަޅުގަނޑުމެން ކޮމިޓީއަށް ފެންނަންޏާ ޝައުނާ ވަކިކުރުމުގެ ކަންތައް ކޮމިޓީން ކުރިއަށް ގެންދަން އަޅުގަނޑު ހުށަހަޅަން." ޝަހީމް ވިދާޅުވި އެވެ.
މި ސީ.ސީން އަދުލު އިންއިންސާފުން ބޭރުން ބޮޑެތި އަނިޔާ ދިންމީހުންގެ މައްސަލަ ބަލާ އެ މީހުންގެ ހައްގު ހޯދަދީ މި މީހުންނަށް ދައުވާކުރަންޖެހޭ.
ވަކިތަނަކުންތަ؟ ހުރިހާތަނަކުންވެސް މަސައްކަތް ނުކުރާ މީހުން ވަކިކުރޭ
މާގިނަ ކަންތައްތަކެއް ކުރެވޭކަން ދައްކަން ވެގެން މީހުނަށް ލަނޑުދޭން އުޅެންފަށައިގެން އަމިއްލަ ގަޔަށް ފަހަރުވަ ލެވިފާ މިހާރުވެސް އެ ތިބީ، މިހާރު ދައުރު ނިމޭން ކައިރި ވީއިރުވެސް އެއްވެސް ވައުދެއް ނުފުއްދުނީމާ މަސް ނުބޭނުނީމާ ކަނޑު ނުބައި ކުރާ ގޮތަށް ތިމާމެނަށް ކަމެއް ނުކުރެވުނީމާ ާ