ބަނޑު ފުއްޕައި ފުރިފައި ހުންނަ ކަމުގެ އިހުސާސް ކުރެވޭ ހެއްޔެވެ؟ މިއީ ހަށިގަނޑުގައި ހުންނަ ވަޔާއި ފެން ބަނޑަށް ޖަމާވުމުން ނުވަތަ ހަޖަމުކުރުމުގެ މައްސަލަތަކެއްގެ ސަބަބުން ކުރިމަތިވާ ކަމެކެވެ.
ބަނޑު ފުއްޕުމުން އަރާމު ލިބިގަތުމަށްޓަކައި ގިނަ ކަންތައްތަކެއް ކުރެވެ އެވެ. ކެއުން ބަދަލުކުރުމުގެ އިތުރުން ވެސް ކަސްރަތާއި ހެލިފެލިވެ އުޅެގެން ވެސް ނަތީޖާ ނުލިބޭ ފަހަރު އާދެ އެވެ. ތިރީގައި މި ބަލާލަނީ ބަނޑު ފުއްޕުން ކުޑަކުރަން ބޭނުން ކުރެވިދާނަ ބައެއް ބުއިންތަކަށެވެ.
އިނގުރު ސައި
އިނގުރަކީ އޭގައި ހިމެނޭ އެންޓި އޮކްސިޑަންޓްސްގެ ސަބަބުން ގޮހޮރު ސާފުކޮށްދޭ އެއްޗެކެވެ. އެހެން ކަމުން ހެނދުނު ހައިބަނޑާ ހޫނު ފެންފޮދަކަށް އެއް ސަމުސާ އިނގުރު ދިޔައާއި މާމުއި އަަޅައިގެން ބުއިމުން ފާޚާނާއަށް ދިއުން ފަސޭހަ ވާނެ އެވެ.
ލުނބޯ ސައި
ލުނބޯއަކީ ސަރުބީ ވިރުވުމަށް އެކަނި އެހީވެދޭ ބާވަތެއް ނޫނެވެ. ލުނބޯގައި ހިމެނޭ ނިޓްރިކް އެސިޑްގެ ސަބަބުން ބަނޑު ހަރުވުން ފަދަ ހަޖަމުކުރުމުގެ އުނދަގޫތައް ފަސޭހަ ކޮށްދީ ބަނޑު ފުއްޕުން ކުޑަކޮށްދެ އެވެ.
ދަވިއްގަނދު ސައި
ދަވިއްގަނދަކީ ވައި އަދި ގޭސްޓްރިކްގެ މައްސަލަަތަކަށް އޮތް ހައްލެކެވެ. އެއް ސަމުސާ ދަވިއްގަނދު 10 މިނެޓް ވަންދެން ފެނުގައި ކެއްކުމަށްފަހު ހިހޫވުމުން ފުރާނައިގެން ބުއިމުން ބަނޑު ހިއްކުމަށް ރާހަތް ލިބިގެންދާނެ އެވެ.
ބީއެމްއެލްގެ ހައުސިން މަޝްރޫއަށް 710 ޔުނިޓް އިތުރުކުރަނީ
ރައްދުގައި ކަމަށް ބުނެ އެމެރިކާއިން އީރާނަށް ހަމަލާ ދޭތާ 2 ދުވަސް
މަނީ ލޯންޑްރިންގެ މައްސަލަ ޖެކޮލީން އަނބުރާ ގެންގޮސްފި