ފިރިމީހާ ނުވަތަ އަނބިމީހާ ގުގުރި ދަމާ ވަރުން ރޭގަނޑު ހަމަނިދި ނުލިބި އޮންނަން ޖެހޭ ހެއްޔެވެ؟ އެހެން ކަމަށް ވާނަމަ މިލިޔުމުގައި މި ބަލާލަނީ އެކަން ހުއްޓުވަން ކުރެވިދާނެ ބައެއް ކަންކަމަށެވެ.

އުއްޑުން އޮވެ ނުނިދުން

އުއްޑުން އޮވެ ނިދާ ވަގުތު ތިމާގެ ކަރަށް އުފުލަން ޖެހޭ ބުރަބޮޑުވެ އެވެ. އަދި ނޭވާ ހޮޅީގެ ބައިތަކަށް ދުލުގެ ސަބަބުން ގުގުރީގެ އަޑު އަނގައިން ލެއްވުމަށް މަގުފަހިކޮށްދޭނެ އެވެ. އެހެންކަމުން އެއްފަރާތަކަށް އޮވެ ނިދުމުން ގުގުރި ދެމުން ހުއްޓޭނެެ އެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ހުރުން

އާއްމުގޮތެއްގައި ގުގުރި ދެމުމަށް މެދުވެރިވާ ސަބަަބަކީ ތިމާގެ ބަރުދަން ހުންނަންވާ މިންވަރަށްވުރެ އިތުރަށް ހުންނާތީ އެވެ. އަދި ސިނގިރޭޓް ބުއިން ފަދަ ހަށިގަނޑަށް ގެއްލުން ހުރި ކަންކަން ހުއްޓުވުމަކީ ގުގުރި ދެމުން ހުއްޓުވުމަށް އެހީވެދޭ ކަންކަމެވެ.

ގިނަގިނައިން ފެން ބުއިން

އަނގަތެރެ ހިކުމަކީވެސް ގުގުރި ދެމުމަށް މަގުފަހިކޮށްދޭ ކަމަކަށް ވުމުން ގިނަގިނައިން ފެން ބުއިމަކީ ގުގުރި ދެމުން ހުއްޓުވުމަށް ކުރެވޭނެ ކަމެކެވެ. ޚާއްސަކޮށް ނިދުމުގެ ކުރިން ފެން ބުއިމަކީ މުހިއްމު ކަމެކެވެ.

ހޫނު ފެނުން ފެންވެރުން

ފިނި ފެނުގައި ފެންވަރާނަމަ ކަރަށް އުނދަގޫވެ ގުގުރި ދެމުމަށް މަގުފަހިވާނެއެވެ. އެހެންނަމަވެސް، ހޫނުފެނުގައި ފެެންވެރުމުން ގުގުރި ދެމުން ހުއްޓުވުމަށް އެހީވެދޭނެ އެވެ.