ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ، ފެން ނުހިނދޭ މައްސަލައާއި ގުޅޭގޮތުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ފާޑު ވިދާޅުވުމުން އެމްޑަބްލިޔުއެސްސީން ރައްދުދީފި އެވެ.
އިއްޔެއިން ފެށިގެން މާލޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، މަގުތަކުގައި ފެންބޮޑުވެފައިވާއިރު، ޑރ. މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލޭގައި ބަހައްޓާފައި ހުރި ފެން ޕަންޕުތައް ރަނގަޅަށް ނުބެހެއްޓޭކަމުގެ ޝަކުވާ ތަޖުރިބާކާރުންގެ ފަރާތުން ލިބިފައިވާ ކަމަށެވެ.
މިކަމުގެ ސަބަބުން ފެން ހިންދަން ޖެހޭ މިންވަރަށް ފެން ނުހިންދާ ކަމަށާއި، ޕަންޕުތައް ރަނގަޅަށް ނުބެލެހެއްޓޭ ކަމަށްވާ ނަމަ، ސިޓީ ކައުންސިލާ ހަވާލުކުރުމަށް ވެސް މޭޔަރު ގޮވާލެއްވި އެވެ.
މިކަމާއި ގުޅޭގޮތުން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ، އެކުންފުނިން ބަހައްޓާފައިވާ ފެން ޕަންޕުތަކުގައި އެއްވެސް މައްސަލައެއް ނޫޅޭ ކަމަށެވެ. އެހެން ނަމަވެސް ފެން ޕަންޕުތަކުގެ ސައިޒުތައް ކުޑަކަމަށާއި، ޕަންޕުތައް އިތުރަށް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށް އޭނާ ވަނީ ވިދާޅުވި އެވެ.
މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރާއިރު، މި މައްސަލަ ހައްލު ނުވެ މަގުތައް ފެންބޮޑުވެފައިވާ މަންޒަރު ދައްކުވައިދޭ ފޮޓޯ އަދި ވީޑިއޯތައް މިހާރު ވެސް ސޯޝަލް މީޑިޔާގައި އާންމުވެފައިވެ އެވެ.
ޕަމްޕު ކުޑަކަން އެގުނީ މިއަދުތޯ. ކޮން އިރަކުތޯ ރޭކާލީ؟ ކީއްތޯ ކުރީ؟ ބޮޑު ކރަންޖެހެނީ ކިތައް ޕަމްޕުތޯ؟ ކޮން ސައިޒެއްގެޕަމްޕަކުންތޯ ފުދޭނީ؟ ޙޮޅި ލައިން ބަދަލު ކުރަނޖެހޭތޯ. ނޫނީ ހަމަ އެއްޗެކޭ ބުނެލީތޯ؟ ފެންހިންދާ އާނުތައް ވެލިން ފުރި ބަންދުވީތޯ. ހައްތާވެސް؟؟؟؟
ބަލަގަ އެކަށިގެންވާ ބޮޑު ޕަންޕެއް ބަހައްޓާފިޔާ މަހުންމަހަށް ވެރިންގެ ޖީބަށްލާނެ ފައިސާއެއް ނުލިބޭނެއެއްނޫންތޯ.. ދެއިރު މަގު ކޮނުމުގެ ބަދަލުގައި މަގުތަކުގައި ހުރަހަށް ހޮޅިއެއްއަޅާ އެހޮޅިން ކޭބަލް މޫވް ކުރެވޭ ގޮތަށް ހެދީމާ ވެރިންގެ ޖީބަށްލާނެ ފައިސާއެއް ނުލިބޭނެ .. މިކަމަކީ ދިވެހިންގެ ވައިތުލްމާލަށް އެމީހަކަށް އަތް ކޮއްޕުނު ދިމާލަކުން ކޮއްޕާ ނެގުން .. ހަރާމް ތަކެތި ކައިގެންއުޅޭއިރު ބަޑުގައި އަލިފާން ރޯނުވާކަން ނަސީބު .. ރޯވާނެ އެދުވަހުން ތައުބާއެއް ނުވެވޭނެ ނެގި އެއްޗެއް ރައްދުނުކޮށް
މުއިއްޒު ކުރިއެއްވެސް ކަމެއް ދެވަނަ ފަހަރަށް ކުރަންނުޖެހި ނޫނީ އަލުން ކުރަން ނުޖެހި ނުދެއެވެ. ޕަންޕެއް ބެހެއްޓިޔަސް މަގެއް ހެދިޔަސް ޕާކެއް ހެދިޔަސް ބިލްޑިންގ އެއް އެޅިއަސް ކޮންމެވެސް ކަމެއް ހުންނާނީ ނުބައިއަތަށް ޖަހާފައެވެ.