އެންމެފަހުން ބޭއްވި ރިޔާސީ އިންތިޚާބު އޮޅުވާލައި، ވަގަށް ނަގާފައިވާ ކަން އެނގޭފަދަ އެތައް ކަމެއް ހިމެނޭ ރިޕޯޓެއް ލީކުވިއިރު، އެ ރިޕޯޓުގައި ދިވެހި ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ބޮޑެތި ކަންކަން ހުރިކަން ފާހަގަ ކުރެވޭ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.
އިދިކޮޅު މައި ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މުޅި އިންތިޚާބުގައި ކަންހިގާފައިވާ ގޮތްތަކާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސް އިން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ނުކުތާތަކަށް ބަލާލުމުން، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ނަގަމުން ދިޔަ އިރާއި، ވޯޓު ނަގާ ނިމި ނަތީޖާތައް ހަދަމުން ދިޔަ އިރު އިންތިހާއަށް ނުފޫޒު ފޯރުވާފައިވާކަން ވަރަށް ބޮޑަށް ހާމަވެގެން ގޮސްފައިވާ ކަމަށެވެ. ހަމައެއާއެކު އިންތިޚާބަށް އޮފިޝަލުން ނަގާފައިވަނީވެސް ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކަމާއި، އިންތިޚާބުގެ މަސައްކަތަކުގެ ތެރޭގައި އިންތިޚާބު އޮޅުވާލުމުގެ އެތައް ޢަމަލެއް ހިނގާފައިވާކަން ވެސް ހާމަވާކަމަށް ޕީޕީއެމް އިން ބުންޏެވެ.
"ބޭރުގެ ފަރާތްތަކަކާއި ގުޅިގެން މިހާރު ވެރިކަމުގައި ތިބި ކޯލިޝަނުން އެ އިންތިޚާބު ވަގަށް ނާގަފާއިވާކަން މިޕާޓީން ވާނީ ކުރިންވެސް ހާމަކޮށްފައި. ރާއްޖޭގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ބޭރުގެ ފަރާތްތަކުން ނުވަނުމަށާއި، ރައްޔިތުންގެ މަސްލަހަތު ހިމެނޭ މިފަދަ ކަންކަމުގައި މިނިވަން މުއައްސަސާތަކުގެ ދައުރު ފުރިހަމައަށް އަދާކުރުމަށް ގޮވާލަން. އަދި މިކަމާއި ގުޅޭ ފުރިހަމަ ތަހުގީގެއް މިހާރުން މިހާރަށް ހިންގުމަށް ކަމާ ބެހޭ އެންމެހާ މުއައްސާތަކަށް ގޮވާލަން،" އެ ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ރިޔާސީ އިންތިހާބުގައި ވޯޓު އޮޅުވާލި ކަމަށް ބުނާ މައްސަލައިގައި ފުލުހުން ހިންގި ތަހުގީގަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ރައީސް އަހުމަދު ޝަރީފް ދެއްވި މައުލޫމާތު ވަނީ ލީކުކޮށްލައިފަ އެވެ.
އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި އިންތިހާބު އޮޅުވާލުމުގައި އިސްކޮށް ހުންނެވީ ޝަރީފެވެ.
ލީކުވެފައިވާ އެ ކަރުދާހުގައި ފުލުހުންގެ ރަސްމީ ލެޓާ ހެޑް އަދި އެ އިދާރާގެ ރަސްމީ ތަތްގަނޑުގެ އަސްލު ޖަހާފައިވެ އެވެ. އަދި ޝަރީފް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް މައުލޫމާތު ނަގާފައި ވަނީ 8 ނޮވެމްބަރު 2018 ގަ އެވެ.
އޭނާ ހާޒިރުކުރުމުގެ ބޭނުމެއްގެ ގޮތުގައި ކަރުދާހުގައި ބަޔާންކޮށްފައިވަނި އެ އަހަރުގެ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު އީސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރިޔާސީ އިންތިހާބުގައި ބޭނުންކުރި ވޯޓު ކަރުދާސްތައް ނައްތާލާފައިވާނެ ކަމަށް ޝަރީފް ވިދާޅުވުމާ ގުޅިގެންނެވެ.
ޝަރީފް ފުލުހުންނަށް ދީފައިވާ މައުލޫމާތުގައިވާގޮތުން އޭނާ ވަނީ މޯލްޑިވްސް ޕޮލިސް ސާވިސް އަށް ސެކިއުރިޓީ ބޭނުންވާ ކަމަށް ބުނެ އެ މަހުގެ 4 ވަނަ ދުވަހު ފުލުހުންނަށް ސިޓީއެއް ފޮނުވާފަ އެވެ. އަދި ހަމަ އެ ދުވަހުގެ ރޭ ވޯޓު ކަރުދާސް ބަހައްޓާފައި ހުންނަ ތަނުގެ ކުރިމަތީގައި ސެކިއުރިޓީ ކުރަމުން ދިޔަ ފުލުހުން އެތަން ދޫކޮށްލާފައި ދިޔަ ކަން ޝަރީފް ދީފައިވާ މައުލޫމާތުން އެނގެ އެވެ.
ފުލުހުންނަށް ޝަރީފް ދީފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި އޭނާ ވޯޓު ކަރުދާސް ނައްތައިލީ ވޯޓު ކަރުދާސްތަކާ ބެހޭ ގޮތުން އެއްވެސް ފަރާތަކުން މައްސަލައެއް ތަހުގީގުކޮށް، ޝަރީއަތަށް ހުށަހެޅިފައިވާކަން ނޭނގޭތީ އެވެ. އަދި އެ ކަރުދާސްތައް ކޮށާލުމަށްފަހު ނައްތައިލީ އިލެކްޝަންސް ގެ މުވައްޒިފުން ލައްވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އެއަށްފަހު ވެމްކޯގެ މުވައްޒަފުން ބޭނުންކޮށްގެން ތިލަފުއްޓަށް ގެންގޮސް ކަރުދާސްތައް އަންދާލިކަން ޝަރީފް ފުލުހުންނަށް ދީފައިވާ މައުލޫމާތުން އެނގެ އެވެ.
ލީކުވި އިންތިހާބާބެހޭ ރިޕޯޓަކީ ފޭކެއް ކަމަށް ފުލުހުން ބުނި ނަމަވެސް މަމެން އެކަމެއް ގަބޫލެއް ނުކުރާނަމޭ ދެން ފުލުހުން ކިއެއްވެތޭ ރައްޔިތުން ވޯޓްލި ކަރުދާސް ތައް އަންދާލީ އެއިރުވެސް ގިނަ ރައްޔިތުން ގަބޫލެއް ނުކުރޭ ސްޕްރީމް ކޯޓުން ރިޔާސީ އިންތިޚާބުގެ ނަތީޖާ އާްއި ގުޅޭ ގޮތުން ޝައްކު އުފެދިގެން ޕީޕީއެމް އިން ސްޕްރީމް ކޯޓަށް ހުށައެޅުމުން އެކަން ބަލަން ޖެހޭ މިންވަރާއި ގާތަށް ވެސް އެއިރު ސްޕްރީމް ކޯޓުގައި ތިބި ފަނޑިޔާރުން ނުބައްލަވައޭ އެމައްސަލަ އަލުން ޖެހޭނެއޭ ބަލަން ފުލުހުން ހަދަނީ ރޯ ބުހުތާނު ދޮގޭ
އީސީ ޝަރީފް އެއީ ޚާއިނެކޭ އެއީ ގައްދާރެކޭ އޭނާ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ
ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓް އިން ވައްކަން ކުރުމުގައި އިލެކްޝަންސް ކަމިޝަންގެ މެމްބަރުން ވަގުންގެ ގޮތުގައި ހަރަކާތް ތެރިވެފައިވާތީވެ އެ އެންމެން ހައްޔަރުކޮށްގެން މައްސަލަ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ ތަހްގީގްކުރޭ