ހިއުމަން ޓްރެފިކިންގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކުރީ އުމުރުން 65 އަހަރުގެ ހ. ސީސްޕީޑް، މުހައްމަދު ވަހީދާއި، 55 އަހަރުގެ ސ. ހިތަދޫ، ރޯޝަނީމާގޭ މޫސާ ފަތުހީ އެވެ.

މި މައްސަލައިގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ އެ މީހުންގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

އެ ދެމީހުން ހައްޔަރުކުރީ ހިއުމަން ޓްރެފިކް ކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކަށާއި، އެކަމުގެ ޝީކާރައަށް ވެފައިވާ މީހުންގެ ބަޔާނުގެ އިތުރުން، އެކަމަށް ހެކިވާ މީހުންގެ ހެއްކަށް ރިއާޔަތްކޮށް ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފަ އެވެ.

މި މައްސަލައިގައި ހައްޔަރުކުރި ވަހީދަކީ، މީގެ ކުރިން ވެސް މިފަދަ މައްސަލައެއްގެ ރިކޯޑު އޮތް މީހެއް ކަމަށްވެ އެވެ.

މައްސަލައިގައި ހައްޔަރުކުރި ފަތުހީ، އޭނާގެ ދިފާއުގައި ބުނީ އެއީ އޭނާ، ވަހީދު ބުނެގެން ކޮށްދިން ކަމެއް ކަމަށެވެ.