ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސްއަށް ލިބުނު ފުރަތަމަ ދަރިފުޅުގެ ފޮޓޯ ދައްކާލަން ފޭނުން އެދެފި އެވެ.
ފޭނުން މިހެން ބުނެފައިވަނީ ކަރީނާ ކަޕޫރްގެ ކުޑަ ދަރިފުޅު ޖޭހްގެ އުފަން ދުވަހު އޭނާ އިންސްޓަގްރާމަށް ލާފައި އިން ފޮޓޯއަކަށް ޕްރިޔަންކާ ކޮމެންޓު ކުރުމުންނެވެ.
މިގޮތުން ޕްރިޔަންކާ ވަނީ، ޖޭހްގެ ފޮޓޯ "މާ ބޮޑަށް ވެސް ލޯބި" ކަމަށް ބުނެފަ އެވެ. އަދި އެކޮމެންޓަށް ރައްދުދެމުން ޕްރިޔަންކާގެ ފޭނުން ބުނީ މިހާރު އެންމެ ބޮޑަށް އިންތިޒާރުކުރެވެނީ ނިކް ޖޯނަސް އާއި ޕްރިޔަންކާގެ ދަރިފުޅުގެ ފޮޓޯއެއް ބަލައިލުމަށް ކަމަށެވެ.
ސަރޮގެސީ މެދުވެރިކޮށް ދެ ފަންނާނުން ވެސް ފުރަތަމަ ދަރިފުޅަށް މަރުހަބާ ކިޔާފައިވާކަން ދެފަންނާނުން ހާމަކޮށްފައިވަނީ އިންސްޓަގްރާމުންނެވެ.
ދަރިއަކު ލިބުމުން، ދަރިފުޅަށް ވަގުތު ހުސްކޮށް ދިނުމަށްޓަކައި، މީޑިއާތަކުގެ އެއްބާރުލުމަށް އެދެފަންނާނުން ވަނީ އެދިފަ އެވެ. އެގޮތުން އެ ދެފަންނާނުންނަށް ލިބުނީ އަންހެން ކުއްޖެއް ކަމަށް މީޑިއާތަކުން މައުލޫމާތުދެ އެވެ.
އައްސޭރި ޖަލު ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި
ބެންކޮކްގެ ކްލަބެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 27 މަރު
އެފްޑީސީ ފްލެޓްތަކުގެ އިންޓަނެޓް އެއްބަސްވުމުގައި ޖޫރިމަނާތަކެއް!
