ފުލުހަކަށް ނުކިޔަމަންތެރިވެ، މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި އެވެ.
އޭނާ ހައްޔަރުކުރީ ފުލުހަކަށް އަނިޔާ ކުރަން މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި ގާބުރިއަކުން ފުލުސް މީހާގެ ގައިގައި ޖެހުމުންނެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެގޮތުން އޭނާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދުކުރުމަށް ހުކުމްކޮށްފަ އެވެ.
ކްރިމިނަލް ކޯޓުން ބުނީ ފުލުހުންގެ އަމުރައް ނުހިޔަމަންތެރިވެ، ފުލުހަކާއި އެކު މާރާމާރީ ހިިންގި ކަމުގެ ތުހުމަތުގައި އޭނާ ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާ ކަމަށެވެ.
''ފުލުހެއްގެ ބަޔާނުން މީނާ ގާބުރިއެއް އެއްލައި ފުލުހެއްގެ ގައިގައި ޖެހިކަން އެނގެއެވެ. މެޑިކޯ ލީގަލް ރިޕޯޓުން އަނިޔާއެއްވެފައިވާކަން އެނގެއެވެ.'' ކްރިމިނަލް ކޯޓުން ނެރުނު ބަޔާނުގައިވެ އެވެ.
އާއްމު ސަޕްލިމެންޓެއްގެ ސަބަބުން އުމުރު ކުރުވޭ: ދިރާސާ
ސޯނޫ ނުރައްކާތެރި ނާރުގެ ބައްޔަކާ ހަނގުރާމަ ކުރަނީ!
200 މެޗު، 6 ވޯލްޑް ކަޕް އަދި 16 ގޯލު: މެސީއަށް އެތައް ރެކޯޑެއް!
