އެމެރިކާގެ ރިޔާސީ އިންތިހާބުގައި ރައީސް ޑޮނާލްޑް ޓްރަމްޕް ބަލިކޮށް ބޮޑު ކާމިޔާބީއަކާއެކު ޖޯ ބައިޑެން ވަނީ އިންތިހާބު ކާމިޔާބު ކުރައްވާފަ އެވެ. އެއާ އެކު ޓްރަމްޕް ގެންދަވަނީ އިންތިހާބު އޮޅުވާލި ކަމަށް ބުނެ އިންތިހާބުގެ އޮފިޝަލުންނަށް ބޮޑެތި ތުހުމަތުތައް ކުރަމުންނެވެ.
އެގޮތުން ޖޯ ބައިޑެންއާއި ދެކޮޅަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ޕްލޭންތައް ޓްރަމްޕް ވަނީ ވޮޝިންގްޓަން އެގްޒަމިނާއަށް ދެއްވި އިންޓަވިއުއެއްގައި ހިއްސާކުރައްވާފަ އެވެ. އަދި ވޯޓު އޮޅުވާލިކަމުގެ ތުހުމަތުތައް ސާބިތުކޮށްދެވޭނީ ކިހާ ދުވަހަކުންތޯ ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ "ގާތްގަނޑަކަށް ދެ ހަފްތާ ނުވަތަ ތިން ހަފްތާގެ ތެރޭގައި" އެކަން ކުރެވޭނެ ކަމަށެވެ.
އެ އިންޓަވިއު ނިންމާލަމުން ވަނީ އެމަނިކުފާނާ ދެކޮޅަށް ދުވަހަކު ވެސް ބެޓު ނުކުރުމަށް ގޮވާލައްވައިފަ އެވެ.
ވާދަވެރި އިންތިހާބަކަށްފަހު ބަލިވި ނަމަވެސް ޓްރަމްޕް ދަނީ ނަތީޖާ ގަބޫލުކުރަން ދެކޮޅު ހަދަމުންނެވެ. މިއާއެކު ބައިޑެންއަށް އިންތިހާބު ކާމިޔާބުކުރެވުނަސް ވެރިކަމާ ހަވާލުވުމަށް ސަރުކާރުން ދަނީ ހުރަސްތައް ކުރިމަތިކުރަމުންނެވެ. އެގޮތުން ގައުމީ ސަލާމަތާ ބެހޭ ސިއްރު މައުލޫމާތު ދޭން ޓްރަމްޕް ދަނީ ދެކޮޅު ހައްދަވަމުންނެވެ.
އެއް މެޗަށްފަހު ޓިއުނީޝިއާ އިން ކޯޗު ވަކިކޮށްފި
ވޯލްޑް ކަޕްގައި ޝަކީރާގެ ކާމިޔާބު 20 އަހަރު!
"ގަދަރް"އަށް 25 އަހަރު: އަދިވެސް އެންމެ ކާމިޔާބު އެއް ފިލްމު!
