ޖަސްޓިން ބީބާއާ އޭނާގެ އަންހެނުން ހެއިލީ ބީބާގެ ވާހަތަކަކަކީ އިނގިރޭސި ވިލާތުގެ ނޫސްތަކުގެ ފަލަ ސުރުހީގައި އާންމުގޮތެއްގައި އޮންނަ ދެ ނަމެވެ.

އެންމެ ފަހުން ރިޕޯޓުތަކުގައި ފާހަގަކޮށްލެވުނީ އިޝާރާތުން، ޖަސްޓިން އޭނާގެ އަންހެނުން ހެއިލީ ބަނޑުބޮޑުކަމަށް ބުނި ވާހަކަތަކެވެ.

އިނގިރޭސި ވިލާތުގައި ބޭއްވި ހަފްލާއެއްގައި އެ ދެމަފިރިން ވެސް ބައިވެރިވިއިރު، ޖަސްޓިން އާއި ހެއިލީ ހަފްލާގައި ހުއްޓި ހުރި ވަގުތު ފޭނުން ވަނީ ޖަސްޓިންއާ ދިމާލަށް އޭނާގެ ކުރީގެ ލޯބިވެރިޔާ ކަމަށްވާ ސެލީނާ ގޮމޭޒްގެ ނަމުން ގޮވާފަ އެވެ. އަދި އެވަގުތު ހެއިލީ ދިފާއު ކުރުމަށްޓަކައި ޖަސްޓިން ވަނީ ހެއިލީގެ ބަނޑުގައި އަތް އަޅާފަ އެވެ.

އެވަގުތު އެތަނުގައި ތިބި މީހުންނަށް އެކަމުން ސިހުމެއް ގެނެސްފައިވާއިރު، ހެއިލީ ވަނީ ވަގުތުން ޖަސްޓިންގެ އަތް އޭނާގެ ބަނޑުން ދުރައްލާފަ އެވެ. އަދި މީހުން އޭނާ ބަނޑުބޮޑު ކަމަށް ދެކޭނެ ކަމަށް ބުނާ މަންޒަރު ވެސް އެވަގުތު ފެނިގެންދިޔަ އެވެ.

އެ ވާހަކަތައް ދެކެވެމުން ދަނިކޮށް ދާދި ފަހުންވެސް ފޭނުން ވަނީ ހައިލީ ބަނޑުބޮޑުކަން ކަށަވަރުކޮށްދިނުމަށް ހެއިލީ ގާތުގައި އެދިފަ އެވެ.

އެ ވާހަކަތަކަށް ރައްދުދެމުން ހެއިލީ ވަނީ އޭނާ ބަނޑުބޮޑު ނޫން ކަމަށާއި، އޭނާއާ ގުޅިގެން ދެކެވޭ ވާހަކަތައް އެފަދައިން ނުދެއްކުމަށް އެދިފަ އެވެ.

ހެއިލީ އާއި ޖަސްޓިން އެންމެ ފަހުން އެކީގައި ފެނިފައިވަނީ 2022 ވަނަ ދުވަހު ލޮސް އެންޖެލަސްގައި ބޭއްވި ގްރޭމީޒްއިންނެވެ.