މިއަދު މި ގެނެސްދޭ ކުކުޅުގެ ބާވަތަކީ ހަދާލަނު ފަސޭހަ ރަހަމީރު ކެއުމެކެވެ. މި ކެއުން ތިބޭފުޅުންނަށް ކަމުދާނެ ކަމަށް ހީކުރަމެވެ.

ބޭނުންވާ ތަކެތި

  • 1 ކިލޯ ކުކުޅު (ކަށްޓާއެކު) ކޮށާފައި
  • 1 މޭޒުމަތީ ސަމްސާ ގާނާފަހުރި ލޮނުމެދު
  • 1 މޭޒުމަތީ ސަމްސާ ގާނާފަހުރި އިނގުރު
  • 1 ސައި ސަމްސާ ރީނދޫ
  • 4 މޭޒުމަތީ ސަމްސާ މުގުރި އަސޭމިރުސް
  • 1 ފިޔާ
  • 1 ޓޮމާޓޯ
  • ލޮނު
  • 5-4 ސަމްސާ ކުކިންއޮއިލް

ތައްޔާރު ކުރާނެ ގޮތް

  1. ކުކުޅުކޮޅު ދޮވެލުމަށްފަހު ލޮނުކޮޅަކާއި ރީނދޫކޮޅު އަޅާފައި މެރިނޭޓް ކޮށްލަން ބަހައްޓާށެވެ.
  2. މިކްސަރުން ފިޔާ އަދި ޓޯމާޓޯ، ޕޭސްޓްގަނޑަކަށް ވަންދެން މުގުރާލާށެވެ.
  3. އެތެރެ ފުން ތަވައަކަށް ތެޔޮފޮދު އަޅައި، ހޫނުވުމުން ކުކުޅުކޮޅު އަޅާލައި، އެއްކޮށްލުމަށްފަހު ދެ މިނަޓެއް ހާއިރު މަތިޖަހާފައި މެދުގިނީގައި ބަހައްޓާށެވެ.
  4. އެއަށްފަހު ލޮނުމެދު ކޮޅާއި އިނގުރު އަޅައިގެން ކުކުޅުން ބޭރުވާ ފެން ހިނދެންދެން މަޑުގިނީގައި ކައްކާލާށެވެ.
  5. ފެން އެއްކޮށް ހިނދުމުން ފިޔާ، ޓޮމާޓޯއިން ހަދާފައިހުރި ޕޭސްޓްގަނޑު އަޅައިގެން ފަސް މިނެޓް ކެއްކުމަށްފަހު އަސޭމިރުސް އަޅައިގެން އިތުރު ދެ މިނެޓު ކައްކާލާށެވެ.