ސަލްމާނުގެ ކުރިއަށް އޮތް ފިލްމު "ކަބީ އީދު ކަބީ ދިވާލީ"ގެ ޑައިރެކްޓަރުކަމުގެ މަސައްކަތް ކުރަނީ ވެސް ސަލްމާނުކަން ހާމަވެއްޖެ އެވެ.

އެ ފިލްމަކީ އެކްޝަން އާއި ކޮމެޑީ އިން ފުރިގެންވާ ފިލްމެއް ކަމަށް ސަލްމާނު ބުނެފައިވާއިރު، އެ ފިލްމުގެ ޑައިރެކްޓަރަކަށް މީގެ ކުރިން ހަމަޖެހިފައިވަނީ ފަރްހާދު ސާމްޖީ އެވެ.

އެހެންނަމަވެސް ފަރްހާދު، ފިލްމުގެ ސެޓަށް ޑައިރެކްޓްކުރަން ނާންނަ ކަމަށާއި، ފިލްލުގެ ޑައިރެކްޓަރުކަމުގެ މަސައްކަތް ކުރިއަށް ގެންދަނީ ސަލްމާނު ހުރެގެން ކަމަށާއި، ފިލްމަށް އެސިސްޓެންޓު ޑައިރެކްޓަރުންގެ އެހީތެރިކަން ހޯދާކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.

ފަރްހާދު ޑައިރެކްޓުކޮށްފައި ވަނީ ފިލްމުގެ އެންމެ 10 އިންސައްތަ ކަމަށާއި، އޭގެ ނަތީޖާ ސަލްމާނަށާއި، ފިލްމުގެ ޓީމަށް އެހާބޮޑަށް ހިތްހަމަނުޖެހޭ ކަމަށް މައުލޫމާތު ލިބެ އެވެ.

ފިލްމުގެ ޝޫޓުިން ފެށިގެން ކުރިއަށްދާއިރު، އެ ފިލްމުގެ ބަތަލާގެ ރޯލު ކުޅެދެނީ ޝެހެނާޒް ގިލް އެވެ. އަދި އޭނާގެ އިތުރުން ޕޫޖާ ހެގްދޭ އާއި އަޔުޝް ޝަރްމާ ވެސް ފެނިގެންދާނެ ކަމަށްވެ އެވެ.