ރާއްޖެއިން އިތުރު 47 މީހުން ކޮވިޑް-19އަށް މިއަދު ޕޮޒިޓިވްވެއްޖެ އެވެ.

އަލަށް ނެގި 1،829 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި 47 މީހުންގެ ތެރެއިން އެންމެ މީހަކު ފިޔަވައި އެހެން އެންމެ ޕޮޒިޓިވްވީ މާލެއިންނެވެ. އެއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު ވަނީ 12،994 އަށް އިތުރުވެފަ އެވެ.

ފާއިތުވި 24ގަޑިއިރުގެ ތެރޭގައި މި ބަލިން 121 މީހަކު ރަނގަޅުވެފައިވެ އެވެ. އެއާއެކު ރާއްޖެއިން މިބަލިން ރަނގަޅުވެފައިވާ މީހުންގެ ޖުމްލަ 11،902 އަށް ވަނީ އަރާފަ އެވެ. އެކަމަކު އަދިވެސް ރާއްޖޭގައި 1،039 މީހުން އެކްޓިވް ކޭސްގެ ގޮތުގައި އެބަތިއްބެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 94 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ. ރާއްޖޭގައި ކޮވިޑަށް ޓެސްޓްކުރުމަށް މިހާތަނަށް 242،889 ސާމްޕަލެއް ވަނީ ނަގާފަ އެވެ.

މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 47 އަށް އިތުރުވި އިރު އިއްޔެ މި ބައްޔަށް ޕޮޒިޓިވްވީ 14 މީހުންނެވެ.