ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީ ހޯދާފައިވާ އަދި ބެލުންތެރިންގެ މެދުގައި ވެސް އެންމެ މަގުބޫލު މާވެލް ސްޓޫޑިއޯގެ "އެވެންޖާޒް"ގެ އާ ދެ ފިލްމެއް އިއުލާނު ކޮށްފި އެވެ.

އެމެރިކާގެ ސެން ޑިއޯގައި ބޭއްވި ޕޮޕް ކަލްޗަ އިވެންޓް "ކޮމިކް-ކޮން" ގައި ވަނީ "އެވެންޖާޒް"ގެ ދެ ފިލްމެއް ނެރުމަށް ނިންމާ އެ ފިލްމުތަކުގެ ނަންތައްވެސް ވަނީ އިއުލާނުކޮށްފަ އެވެ.

އެގޮތުން ފުރަތަމަ ނެރުމަށް ހަމަޖެހިފައިވާ ފިލްމުގެ ނަމަކީ "އެވެންޖާޒް: ދަ ކަންގް ޑައިނަސްޓީ" އެވެ. މިފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމަށް ބެލެވެނީ 2025 ވަނަ އަހަރުގެ މެއި މަހު އެވެ.

މާވެލްއިން ދެވަނަ އަށް އިއުލާނު ކޮށްފައިވަނީ 2025 ވަނަ އަހަރުގެ ނޮވެންބަރު މަހު ނެރުމަށް ހަަމަޖެހިފައިވާ "އެވެންޖާޒް: ސީކްރެޓް ވޯ" އެވެ.

މިއީ މާވެލް ފޭސް 6 ގެ ދެވަނަ އަދި ތިން ވަނަ ފިލްމަކަށް ވާނެ ކަމަށް ވެސް ބުންޏެވެ. އެއީ ނޮވެމްބަރު 8، 2024 ގައި ރިލީޒްކުރާ ފެންޓަސްޓިކް ފޯ އެވެ.

މި އެވޭންޖާސް ފިލްމުތަކުންގެ މާބޮޑު ތަފުސީލެއް މާވެލްއިން އަދި ހާމަކޮށްފައިނުވެ އެވެ.

މާވެލްއިން މިއަހަރު ގިނަ ކަންތައްތަކެއް އިއުލާން ކޮށްފައިވާއިރު ފޭސް 4 އާއި ފޭސް 5 ގެ ހުރިހާ ފިލްމަކާއި ޝޯތަކެއް ނިމުނުކަން ވަނީ އައިސްފަ އެވެ.

"އެވެންޖާޒް" ގެ ފުރަތަމަ 2012 ގައި 220 މިލިއަން ޑޮލަރުގެ ބަޖެޓަކުން ގެނެސްދިން އިރު، އެ ފިލްމަކީ ބޮކްސް އޮފީހުގައި 1.519 ބިލިއަން ޑޮލަރުގެ އާމްދަނިއެއް ހޯދި އެއްޗެކެވެ. އަދި އޭނަ ޑައިރެކްޓްކޮށް 2015 ގައި ގެނެސްދިން "އެވެންޖާޒް: އޭޖް އޮފް އަލްޓްރޯން" 365 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދައި އާމްދަނީ އަށް 1.403 ބިލިއަން ޑޮލަރު ލިބުނެވެ.

ޖޯ އާއި އެންތަނީ ޑައިރެކްޓްކުރި ދެ ފިލްމުގެ ތެރެއިން 2018 "އެވެންޖާޒް: އިންފިނިޓީ ވޯ" 400 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދައި އާމްދަނީ އަށް 2.048 ބިލިއަން ޑޮލަރު ލިބުނެވެ. އަދި 2019 ގެ "އެވެންޖާޒް: އެންޑްގޭމް" ވެސް 400 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދައި އާމްދަނީ އަށް 2.798 ބިލިއަން ޑޮލަރު ހޯދި އެވެ.

އެ ފިލްމަކީ ޖޭމްސް ކެމެރޮންގެ 2009 ގެ "އެވަޓާ" ގެ ފަހަތުން ބޮކްސް އޮފީހުގައި މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ދެވަނަ ފިލްމުގެ ރެކޯޑް ވެސް އޮތް ފިލްމެވެ.