ކާގޯ މުދާ ބަރުކޮށްފައިވާ ދޯންޏެއް ހުޅުލޭ ފަޅުތެރެއަށް މިއަދު ހަވީރުގެ ވަގުތެއްގައި ދިޔަވެ ހަޑިއަށް ހިނގައްޖެއެވެ.
މިހާދިސާ ހިނގާފައިވަނީ މިއަދު ތިނެއް ޖެހިތަނާ އައި ކޮޅިގަނޑެއްގައި މޫސުންގޯސްވެ ކަނޑުގަދަވެފައިވަނިކޮށެވެ.
ކާގޯ ބަނދަރުން މިއަދު ހަވީރު މުދާ ބަރުކުރަމުން ދަނިކޮށް އަޑިއަށް ދިޔައީ "އަރަމެކްސް' ކުންފުނީގެ ދޯންޏެކެވެ. އެ ކުންފުންޏަކީ ލޮޖިސްޓިކްސް އަދި ޝިޕިންގެ ހިދުމަތް ފޯރުކޮށްދޭ ޔޫއޭއީގެ ކުންފުންޏެކެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ މި ހާދިސާގައި އަޑިއަށްދިޔަ ދޯނީގައި ހުރި މުދާ ސަލާމަތްކުރުމުގެ މަސައްކަތުގައި ދޯނިން މުދާ އުފުލާ ކުންފުނީގެ މުވައްޒަފުންނާއި، އެމްއޭސީއެލްގެ މުވައްޒަފުންގެ އިތުރުން ފުލުހުންނާއި ސިފައިން ވަނީ ހަރަކާތްތެރިވެފަ އެވެ. އަދި އަޑިއަށް ގޮސްފައިވާ ދޯނި ނެގުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.
ކަސްރަތު ކުރަން ކަންނެތް ވޭތަ؟ މިކަންކަން ކޮށްލާ!
ނުރައްކާތެރިކޮށް ދުއްވާ މީހުން 20 އަހަރަށް ޖަލަށްލެވޭގޮތް ހަދަނީ
ނަޝީދަށް މަރުގެ އިންޒާރުދިން މީހަކު 10 އަހަރަށް ޖަލަށް