ބޮލީވުޑްގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެންމެ ކާމިޔާބު ބޮލީވުޑް ތަރިއެއްގެ ގޮތުގައި އައިޝްވަރްޔާ ރާއި ފާހަގަކޮށްލެވެ އެވެ.
ގިނަ ބައެއްގެ ލޯބި އައިޝްވަރްޔާ ހޯދާފައިވާއިރު، ފޭނުން އަބަދުވެސް އައިޝްވަރްޔާއަށް އެންމެ ކަމުދާ އެއްޗެތީގެ މައުލޫމާތުތައް ހޯދާކަމީ ޝައްކެއް ވެސް ނެތް ކަމެކެވެ.
އެގޮތުން އައިޝްވަރްޔާއަށް ފިލްމީ ދާއިރާގައި އެންމެ ކަމުދަނީ ކޮން ތަރިއެއްތޯ ގިނަ ބަޔަކު އެކްޓްރެސްއާ ސުވާލުކޮށްފައިވެ އެވެ. އެ ސުވާލަށް އައިޝްވަރްޔާ ޖަވާބުދީފައިވާއިރު، އޭނާއަށް އެންމެ ކަމުދަނީ އަންހެން ތަރިންގެ ތެރެއިން މަޝްހޫރު ތަރި ނަރްގިސް ފަޚްރީ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
އައިޝްވަރްޔާ ބުނިގޮތުގައި އޭނާއަށް ފިރިހެން ތަރިންގެ ތެރެއިން އެންމެ ބޮޑަށް ކަމުދަނީ އަމީތާބް ބައްޗަން އާއި ރާޖް ކަޕޫރު ކަމަށް އޭނާ ބުނެފައިވެ އެވެ.
އައިޝްވަރްޔާ އަކީ ބޮލީވުޑްގައި ވިދަމުންދާ ތަރިއެއްގެ ގޮތުގައި އާންމުން ސިފަކޮށްފައިވާއިރު، އޭނާ ވަނީ ކާމިޔާބު އެތައް ފިލްމުތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފަ އެވެ. ހަމައެހެންމެ ގިނަ ބަޔަކަށް އެންމެ ކަމުދާ އެއް އެކްޓްރެސްއެއްގެ ގޮތުގައި އަދިވެސް އައިޝްވަރްޔާވާކަން ފާހަގަކޮށްލެވެ އެވެ.