ކ. ތިލަފުށީ ފަޅުގައި އޮތް ދެ ދޯންޏެއްގައި ރޯވެ އެކަކު ފިހިއްޖެ އެވެ،

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އިބްރާޙިމް އާޒިމް ވިދާޅުވީ އެ ހާދިސާގެ މައުލޫމާތު ސިފައިންނަށް ލިބުނީ މިއަދު ހަވީރު 16:39 ކަމަށެވެ.

އެ ހާދިސާ ހިނގަން މެދުވެރިވީ ދޯންޏަކަށް ތެޔޮ އަޅަން އުޅުމުގެ ތެރޭގައި ކަމަށާއި އެ ދޯނީގެ ވާ ކަނޑާލުމުން ދޯނި ފަޅުން ބޭރަށް އޮޔާދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ތިލަފުށީ ފަޅުގައި އޮތް ދެ ދޯންޏެއްގައި ރޯވި އަލިފާން ސިފައިން ނިއްވަނީ --- ފޮޓޯ: އެމްއެންޑީއެފް

"ފިހުނީ ދިވެއްސެއް. އެމީހާ އަށް ފަރުވާ ދިނުމަށްޓަކައި ސިފައިންގެ އެހީތެރިކަމާއެކު މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ހަވީރު 17:37 ހާއިރު އަލިފާން ކޮންޓްރޯލު ކޮށްފައިވާ ކަމަށެވެ.