ކަޅު ސައި މީރު ހެއްޔެވެ؟ އެހެން ކަމަށް ވާނަމަ މިއޮތީ އުފާވެރި ހަބަރެކެވެ.
ހަށިގަނޑުގައި ޖަހާ ބޭކާރު ސަރުބީ ވިރުވުމުގައި ކަޅު ސަޔަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ އެއްޗެއްކަން ދިރާސާއަކުން ދައްކައިފި އެވެ.
ދާދި ފަހުން އިންޑިއާގެ ސައިންސްވެރިން ކޮށްފައިވާ އާ ދިރާސާއެއްގައި ސަރުބީ ގިނަ ކާނާ ދީފައިވާ މީދަލަށް ކަޅު ސައި ދިނުމުން އޭގައި އެކުލެވޭ މާއްދާތަކުގެ ތެރެއިން ތިއަފްލެވިންސް އާއި ތިއަރުބިގިންސްގެ ސަބަބުން ސަރުބީތައް ޖަމާނުވެ ހަލާކުވެގެން ދާކަމަށް މި ސައިންސްވެރިންނަށް ވަނީ ހޯދިފަ އެވެ.
ނަމަވެސް ގެރި ކިރުގައި އެކުލެވޭ ޕްރޮޓީންސްގެ ސަބަބުން މި ސަރުބީއާ ހަނގުރާމަކުރުމުގެ ގާބިލްކަން ސައިފަތުގައި އެކުލެވޭ މާއްދާތަކަށް ގެއްލެ އެވެ.
ޓީ ރިސާޗް އެސޯސިއޭޝަން އޮފް އިންޑިއާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ކިރާއި ސައިފަތުގައި ހުންނަ މާއްދާތައް އެއްވުމުގެ ނަތީޖާ އަމާއްދާތަކުގެ ފައިދާ ނެތިގެން ދިއުމެވެ.
ގަދަ ހޫނުގެ ސަބަބުން ފްރާންސްގައި 7،000 އަށްވުރެ ގިނަ މަރު
އިސްކޮޅުގެ ސަބަބުން މަލާމާތާއި ފުރައްސާރަ އަމާޒުވި: އަމީތާބު
ޝޫޓިންގެ ތެރެއިން ކާތިކްއަށް އަނިޔާވެ ސާޖަރީއެއް ކުރަން ޖެހިއްޖެ