ބަނޑުގައި ވައި ހެދިގެން ނުވަތަ ގޭސްޓްރިކްވުމަކީ ވަރަށް އާންމުކޮށް ދިމާވާ ކަމަކެވެ. އޭގެ ސަބަބުން ބަނޑު މާބޮޑަށް ފުފިފައި ހުރުމުން އޭގެ އުނދަގޫ އިހުސާސުތައް ކުރުވަ އެވެ. މިގޮތަށް ދިމާވާ ބައެއް ސަބަބުތަކުގެ ތެރޭގައި:
- ފިޒީ ޑްރިންކްސް ބުއިމާއި މާ ގިނައިން ހަކުރު ނުވަތަ ލޮނު ހުންނަ އެއްޗެހި އަދި ޕްރޮސެސްޑް ފުޑް އާއި ފައިބާ މަދުން ހުންނަ އެއްޗެހި ކެއުން.
-
ބަނޑުހަރުވުން
-
އެލާޖިކް ވުން
-
ހޯމޯނަށް އަންނަ ބަދަލުތައް (ބައެއް އަންހެނުން ޕީރިއަޑްވުމުގެ ކުރިންނާއި ފަހުން ބަނޑު ފުފޭ ގޮތްވޭ)
މިކަންތަކަށް ހައްލު ހޯދޭނީ ސިއްހަތު ރަނގަޅު ލައިފްސްޓައިލެއް ހިޔާރުކޮށް، ގުދުރަތީ ގޮތްތައް ބޭނުން ކޮށްގެންނެވެ
- ކެއުމުގައި ފައިބާ އިތުރުކުރުން: ފައިބާގެ ސަބަބުން ބަނޑުހަރުވުމުން ދުރުކޮށްދީ، ބްލޯޓްވެ ބަނޑު ފުފިފައި ހުންނަ ހުރުން ނުހުންނާނެވެ އެވެ.
- ގިނަ ގިނައިން ފެން ބުއިން
- ޗުއިންގަމް ނުކެއުން: ހަފާ އިރު އަނގައިން ހަށިގަނޑުގެ ތެރެއަަށް ވައި ވަންނާތީ އޭގެ ސަބަބުން ގޭސްޓްރިކްވެ ބަނޑުފުފޭ ގޮތް ވާނެ އެވެ.
- ދެ ނާސްތާ ދެމެދު ގިނަ ވަގުތު ނުކުރުން: ކާއިރު ލަސްލަހުން ރަނގަޅަށް ހަފައިގެން ކެއުމަކީ ވެސް މުހިއްމު ކަމެކެވެ.
- ހޫނު ފެނުން ފެންވެރުން
- ކޮންމެ ދުވަހަކު ވެސް ހޭލައިގެން ހޫނު ފެންތައްޓެއް ބުއިން
- ލޮނު ހިމެނޭ ބާވަތްތައް ކެއުން މަދުކުރުން
- ގަވައިދުން ކަސްރަތު ކުރުން