ސިނަމާލެ ބްރިޖް ހައިވޭގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއްވެއްޖެ އެވެ.
ހުޅުމާލެއިން މާލެއަށް ދިޔަ ދެ ސައިކަލް ޖެހި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުލޭގައި ހުންނަ ޓްރެފިކް ލައިޓް ކައިރީގައި އެވެ. އެ އެކްސިޑެންޓްގައި ޖެހުނު ދެ ސައިކަލް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.
މި އެކްސިޑެންޓްގައި ސައިކަލްގައި އިން އަންހެނަކާއި ފިރިހެނަކަށް އަނިޔާވި ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެ އެވެ.
ފަހަކަށް އައިސް ހައިވޭގަ އާއި ބްރިޖް މަތީގައި ހިނގާ އެކްސިޑެންޓުތަކުގެ އަދަދު ދަނީ އިތުރުވަމުންނެވެ.
އެގޮތުން ސިނާމާލެ ބްރިޖްއާއި ހައިވޭގައި ދޭތެރެ ދޭތެރެއިން ބޮޑެތި އެކްސިޑެންޓްތައް ހިނގައި ގިނަ ބަޔަކަށް ސީރިއަސް އަނިޔާވެފައިވެ އެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ބްރިޖްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެފައިވާއިރު، މިމަހުގެ 13 ވަނަ ދުވަހުވެސް އެކްސިޑެންޓެއް ހިނގައި މީހެއްގެ ހާލު ސީރިއަސްވެގެން ވެންޓިލޭޓަރަށް ލައި، ފަރުވާދީފައިވެ އެވެ.
ޖުވާ ކުޅެމުންދިޔަ 38 ބިދޭސީއަކު ހައްޔަރުކޮށްފި
ޕީއެންސީއަށް 3 ގޮނޑި، 2 ގޮނޑި އެމްޑީޕީ އާއި އަމިއްލަ ކެންޑިޑޭޓް
އަބްދޯ ފޫހިކަމެއް ނެތި ކުރެހުމުގައި!

ވަރަށް ދެރަކަމެއް މިއީދެން ބަލަން ވާވަރަށް ނުބަލާތީ ވާގެއްލުން މިއީ