ބަރުދަން ލުއި ކުރުމުގެ ބޭނުމުގައި އެކި މީހުން އެކި ކަންތައް ކުރެ އެވެ. އެކި ޑައިޓުތައް ބޭނުން ކުރެ އެވެ. އެހެން ނަމަވެސް ހިކެން ކިތަންމެ ބޭނުން ވިޔަސް ކުރަން ރަނގަޅު ނޫން ކަންކަން ވެސް ހުރެ އެވެ. އެއިން ބައެއް ކަންކަމަށް ބަލާލާނަމެވެ.
ކީޓޯ ޑައިޓް
ކެޓޯޖީނިކް ޑައިޓް ނުވަތަ ކެޓޯ ޑައިޓަކީ މަޝްހޫރު ތަރިންގެ މެދުގައި މާ މަގުބޫލު ވައްތަރެއްގެ ޑައިޓެކެވެ. މި ޑައިޓަކީ 10 ވަރަކަށް ދުވަހުން ބަރުދަން ލުއިކޮށްދޭ ޑައިޓެކެވެ. ނަމަވެސް ދިރާސާތަކުން ދައްކަފައިވާ ގޮތުގައި ކުއްލިއަކަށް ބަރުދަން ލުއިކޮށްލުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އަދި ކުއްލިއަކަށް ލުއިކޮށްލާ ބަރުދަން ހަމަ އެހާމަ އަވަހަށް ބަރުކޮށްލާކަމަށްވެސް ދިރާސާތަކުން ދައްކާފައިވެ އެވެ.
ބޭބީ ފުޑް ޑައުޓް
ބޭބީ ފުޑް ނުވަތަ ކުޑަކުދިން ކާ ކެއުން ކައިގެން ބަރުދަން ލުއި ކުރުމަކީ ވެސް ބުއްދިވެރި ކަމެއް ނޫނެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންގެ ހަށިގަނޑަށް ބޭނުންވާ ހަކަތައިގެ މިންވަރު ތަފާތުވާއިރު ކުޑަ ކުދިންނަށް ބޭނުންވާ މިންވަރަށް ހަކަތަ ލިބިގެން ބޮޑެތި މީހުން ވަރުދެރަވެ ވާތާވުމަކީ ވަރަށް ގާތުގައިވާ ކަމެކެވެ.
ޑީޓޮކްސް ޑައިޓް
ޑީޓޮކްސް ޑައިޓުތަކަކީ ބައެއް ބާވަތްތަކުން ބުއިންތައް ހަދައިި އެ ބޭނުންކޮށްގެން ހަށިގަނޑުގައިވާ ސަރުބީތައް އަވަހަށް ވިރުވާލާ ޑައިޓެކެވެ. މި ޑައިޓުން ހަށިގަނޑުގައިވާ ރަނގަޅު ޖަރާސީމުތައް ވެސް މަރުވެ ދިފާއީ ނިޒާމް ބަލިކަށި ވުމެވެ. ނަތީޖާއަކަށް ވަނީ މީހާ އަވަސް އަވަހަށް ބަލިތަކަށް ހުށައެޅުމެވެ.