ހުޅުތަކުގައި ރިއްސުމަކީ ދިވެހިންގެ ތެރެއިން ގިނަ ބަޔަކަށް ކުރިމަތިވާ މައްސަލައެކެވެ. ސިއްހީގޮތުން އާތްރައިޓިސްގެ ނަމުން ނަން ދީފައިވާ މި ބަލީގެ އަސަރު ކުޑަކުރުމަށްޓަކައި ކެއިން ބުއިމުގައި މަދުކުރަންޖެހޭ ބައެއް ބާވަތްތައް ހުރެ އެވެ.
އާޓްފިޝަލް ހަކުރު
އާޓިފިޝަލް ހަކުރަކީ ލައިކާނާގެ ގޮތުގައި އާއްމުކޮށް ބޭނުންކުރެވޭ ބާވަތްތަކުގައި ގިނަ އަދަދަކަށް އެކުލެވޭ އެއްޗެކެވެ. މިފަދަ ހަކުރަކީ ހުޅުތަކުގެ ތަދު އިތުރަށް ބޮޑުކޮށްދޭ އެއްޗަކަށް ވާތީ، ހަކުރު އެކުލެވޭ ކެއުންތައް ކެއުން ދޫކޮށްލަން ޖެހެ އެވެ. އޭގެ ތެރޭގައި ޗޮކްލެޓާއި މެޓާ އަދި އެނާޖީ ޑްރިންކްސް ހިމެނެ އެވެ
ޕްރޮސެސްޑް ލޮނު
ގިނަ އަދަދަކަށް ލޮނު ހިމެނޭ ބާވަތްތައް ކަމަށްވާ ޗިޕްސް ޕެކެޓާއި ޗީޒް އަދި ޕިއްޒާ ފަދަ ބާވަތްތަކަކީ އާތްރައިޓިސް އިތުރަށް ގޯސްކޮށްދޭ ކެއުން ތަކެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ގިނަ އަދަދަކަށް ލޮނު ބޭނުންކުރާ މީހުންގެ ހުޅުތަކުގައި ރިއްސުން އެނޫން މީހުންނަށް ވުރެ ބޮޑެވެ.
ޕެކެޓް ކާނާ
ޕްރޮސެސްކޮށްފައިވާ ކެއުންތައް ކަމަށްވާ މޯނިންގް ސީރިއަލްސް، ޗިޕްސް އަދި ޕެކެޓް ޖޫސް ފަދަ ތައެއްޗަކީ އޭގައި ހަކުރާއި ލޮނުގެ އިތުރުން ވެސް ކަށިތަކަށް ގެއްލުންވާފަދަ ގިނަ މާއްދާތަކެއް އެކުލެވިގެންވާ ބާވަތް ތަކެކެވެ. މި ބާވަތްތަކަކީ ހުޅުތަކުގައި ރިއްސުން އިތުރު ކޮށްދޭ ބާވަތްތަކެކެވެ.
ހުޅުތަކުގައި ރިއްސުމަކީ އަހަރެމެންގެ ތެރޭގައި އާއްމު ކަމަކަށް ވީއިރު ކެއިން ބުއިމަށް ގެންނަ ކުޑަ ބަދަލުތަކެއްގެ ސަބަބުން ވެސް މިކަމަށް ލުއި ލިބޭނެ ކަމަށް ދިރާސާތަކުން މިވަނީ ދައްކާފަ އެވެ.
ތީވަރަށް ގަބޫލުކުރަންދަތި ވާހަކަފުޅުތަކެއް އަޅުގަނޑަކީ ތިބާވަތުގެ ލުއިކާނާތަކާ ޗޮކުލެޓާ ފޮނިކާތަކެތި ކާ މީހެއްނޫން، އެހެނަށް ތި ވިދާޅުވާ އާޓުރައިޓުސްގެ ރިހުން ވަރަށް ބޮޑު މީހެއް.