އިންޑިއާގެ ފެންފޯއް ދަނޑުތަކުން ގޮތް ނޭނގޭ ނުރައްކާާތެރ ބައްޔެއް ފެނިފައިވާ ކަމަށް އެގައުމުގެ ނޫސްތަކުން ބުނެފި އެވެ.
ދެކުނު އިންޑިއާއަކީ ދުނިޔޭގައި އެންމެ ގިނައިން ފެންފޯއް އުފައްދާ އެއް ސަރަހައްދަށް ވާއިރު މި ސަރަހައްދުގައި މިފަދަ ނުރައްކާތެރި ބައްޔެއް ފެތުރުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް މާހިރުން ބުނެ އެވެ.
މިހާތަނަށް އަސްލު އެނގިފައނުވާ މި ބައްޔަކީ ފެން ފޯއް ރުއްތަކުގައި އާލާވާ ޖަރާސީމެއްގެ ސަބަބުން ފެތުރޭ ބައްޔެއް ކަމަށް ލަފާ ކުރެވޭ ކަމަށް ސައިންސްވެރިން ބުނެ އެވެ.
މި ބަލި ޖެހުމުން ހަށިގަނޑުން ފޮޅު ނަގައި ހިރުވާއިރު ބަލިޖެހޭ މީހުންގެ ތެރެއިން 80 ޕަސެންޓް މީހުން ބަލީގައި މަރުވާ ކަމަށް ހަބަރުތައް ބުނެ އެވެ.
ދެކުނު އިންޑިއާގެ ފެންފޯއް ދަނޑުތަކުގައި މި ބަލި ހަލުވި ކަމާއެކު ފެތުރެމުން ދިޔަ ނަމަވެސް މިކަން ދުނިޔޭގެ ސަމާލުކަމަށް ނާންނާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
މިވަގުތު ބަލި ފެނިފައިވަނީ ހަމައެކަނި ދަނޑުތަކުން ނަމަވެސް ބަލި ކޮންޓްރޯލް ނުކުރެވިއްޖެނަމަ ފެންފޯއް ބޭނުންކުރާ އެންމެންގެ މެދުގައި ބޮޑު ބަލިމަޑުކަމެއް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު ސައިންސްވެރިން ވަނީ ދީފަ އެވެ.
އިންޑިއާއަކީ ދިވެހި ރާއްޖެއްށް ފެންފޯއް އެތެރެކުރާ މައި އެއްގައުމަށްވާއިރު މިބައްޔާއެކު ފޯއް ބޭނުން ކުރުމުގައި އިތުރަށް ސަމާލުވާން ޖެހެ އެވެ. އެންމެ އެދެވިގެންވަނީ ދުފުން ފަދަ ނޭދެވޭ އަމަލުތަކާ ދުރުވުމެވެ.