ޕްރިޔަންކާ ޗޯޕްރާއަކީ ހިންދީ ފިލްމުތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ކުޅަދާނަ ފަންނާނެކެވެ. ބޮލީވުޑްގައި ކާމިޔާބު ކެރިއަރަކަށް ފަހު އޭނާ ވަނީ ހޮލީވުޑަށް ގޮސްފަ އެވެ.
އެންމެން ވެސް ހީކުރީ ޕްރިޔަންކާ ހޮލީވުޑަށް ބަދަލުވީ އިތުރު ފުރުސަތުތަކުގެ ބޭނުމުގައި ކަމަށެވެ. އެހެން ނަމަވެސް އޭނާ މިވަނީ އެ ނިންމުމުގެ އަސްލު ސަބަބު ހާމަ ކޮށްފަ އެވެ.
މިފަހުން ދެއްކި ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަމުން ޕްރިޔަންކާ ބުނީ ބޮލީވުޑްގައި ކޮރަޕްޝަން ވަރަށް ބޮޑު ކަމަށާއި ސްޓާރުންގެ ދަރިންނަށް ރަނގަޅު ފުރުސަތުތައް ލިބޭތީ އޭނާއަށް ފިލްމުތައް ލިބުން މަދުވި ކަމަށެވެ.
"އަހަންނަށް ލިބޭ ފުރުސަތުތައް ދިޔައީ މަދުވަމުން، އަހަންނަކަށް އެކި ކަހަލަ ގޭމު ކުޅޭކަށް ނޭނގޭ. ބޮލީވުޑުގައި ކުރިއަށް ދަނީ މި ގޭމަށް މޮޅު މީހުން" ޕްރިޔަންކާ ބުންޏެވެ.
ޕްރިޔަންކާ ހޮލީވުޑްގައި މިއުޒިކް ވީޑިއޯތައް ކުޅުނު ނަމަވެސް އެކަމަށް މާބޮޑު ތަރުހީބެއް ނުލިބުމުން އޭނާ ވަނީ ހޮލީވުޑްގައި އެކްޓިން ވެސް ކޮށްފަ އެވެ.
މިކަމާ ބެހޭގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަމުން ޕްރިޔަންކާ އިތުރަށް ބުނީ ހޮލީވުޑުން ފުރުސަތު ލިބުނުއިރު އޭނާ ހުރީ ބޮލީވުޑުން ނުކުންނަން ބޭނުންވެފައި ކަމަށާއި އެހެން ކަމުން އެ ފުރުސަތުގެ ބޭނުން ހިފީ ކަމަށެވެ.
އެގޮތުން އެބީސީގެ ކުއާންޓިކޯގައި ފެނުމަށްފަހު އޭނާ ވަނީ އިތުރު ގިނަ ޕްރޮޖެކްޓްތަކެއްގައި ވެސް ބައިވެރިވެފަ އެވެ.

ބޭރުގައި ވޯޓު ފޮށިތައް ނުބަހައްޓަނީ ދަރިވަރުންގެ ވޯޓު ނުލިބޭނެތީ
2.3 މިލިއަނަށް ވިއްކާ ފްލެޓްތަކެއް ހުޅުމާލޭގައި އަޅަނީ
ރޯދަ މަސް: ނުކައި ތިބެ ބަރުދަން އިތުރުވާ މަސް!