ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަން މަރާލި ކަމަށް ސާބިތުވެފައިވާ އަދުހަމް މުހައްމަދު މެރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އަދުހަމުގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅީ އޭނާގެ މައްޗަށް ކުށް ސާބިތުވުމާ އެކު، ވާރިސުން މަރަށް މަރު ހިފަން އެދިފައި ވާތީ އެވެ. ގާސިމްގެ ވާރިސުންގެ ގޮތުގައި ދުނިޔޭގައި މި ވަގުތު ތިބި އޭނާގެ ފަސް ދަރިން ވެސް ވަނީ މަރަށް މަރު ހިފުމަށް އެދޭ ކަމަށް ޝަރީއަތުގެ އަޑުއެހުމުގައި ހެކިބަސްދީފަ އެވެ.

ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ގާސިމް މަރާލުމުގެ ކުށް ސާބިތުވެފައިވާ ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް މުޙައްމަދު މަރަން ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

ޑިސެމްބަރު 4، 2019، ގައި އަދުހަމް، ގާސިމަށް ވަޅިއަކުން ހަމަލާދީ މަރާލާފައި ވަނީ ދަތުރެއް ކުރުމަށް ކަމަށް ބުނެ ޓެކްސީއަށް އެރުމަށްފަހު ފޭރެން ކުރި މަސައްކަތް ނާކާމިޔާބު ވުމުންނެވެ. ގާސިމްގެ މަރާ ގުޅިގެން އަދުހަމްގެ މައްޗަށް އުފުލީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އެވެ.

ގާސިމް މަރާލުމުގެ ކުށް ސާބިތުވެފައިވާ އަދުހަމްގެ މައްޗަށް މިއަދުގެ ޝަރީއަތުގައި ކުށް ކަނޑައަޅާފައިވާއިރު، އަދުހަމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ހުކުމްކޮށްފައިވަނީ މިދިޔަ މަހުގެ 19ގަ އެވެ. އެ ދުވަހުގެ ޝަރީޢަތުގައި ހުކުމް އިއްވަމުން ގާޒީ ނަދީމް ވިދާޅުވީ، ގާސިމް މަރާލި ސަރަޙައްދުން ފެނުނު ވަޅިން، މި މައްސަލާގައި ދައުވާ ލިބޭ އަދުހަމްގެ ޑީއެންއޭ ފެނިފައި ވާތީ ވަޅި ހެރިކަމާމެދު އެއްވެސް ޝައްކެތް ނެތް މިންވަރަށް ޔަގީން ވެފައިވާ ކަމަށެވެ. އަދި ވަޅީގެ މައްސަލާގައި އަދުހަމް އެކިފަހަރު އެކި ގޮތަށް ވާހަކަ ދެއްކިޔަސް، ވަޅި ހެރިކަމަށް އޭނާ އެއްބަސްވެފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

ގާސިމް މަރާލުމުގައި އަދުހަމް، ގާސިމްގެ ކަރަށް ވަޅި ހަރާފައި ވަނީ ގަސްތުގައި މީހަކު މަރާލުމުގެ ނިޔަތުގައި ނޫން ކަމަށް ބުނި ނަމަވެސް އޭނާގެ އަމަލުތަކުންނާއި ވަޅިހެރުމަށްފަހު، ކުށުގެ ވެށިން ފިލުމަށް ކުރި މަސައްކަތުން ވެސް މިއީ އޭނާ ގަސްތުގައި ކޮށްފައިވާ ކަމެއްކަން ހާމަވާކަމަށް ހުކުމުގައި ވެއެވެ. އަދި އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ބުނި ނަމަވެސް އޭނާ އެވަގުތު ހުރީ އޭނާ ކުރި އަމަލުގެ ނަތީޖާ ނުވިސްނޭ ހާލަތުގައި ނޫންކަމަށް ވެސް އަދުހަމަށް ހުކުމް އިއްވަމުން ގާޒީ ވިދާޅުވި އެވެ.

ގާސިމްގެ މަރުގެ މައްސަލަ ސާބިތުވެ މަރަން ހުކުމްކުރި އަދުހަމަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެކެވެ.