އާއްމު ދިރިއުޅުމުގައި ކުރަންޖެހޭ ގިނަ ކަންކަން ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރަން މިއަދު ޖެހިފައިވުމާއެކު އޭގެ ސަބަބުން އަހަރުމެންގެ ލޮލަށް ގިނަ ގެއްލުންތަކެއްވެ އެވެ. އެގޮތުން ސްކްރީން ކުރިމަތީގައި ގިނައިރު އިނުމުން ލޮލަށްވާ އުނދަގޫތައް ކުޑަކުރުމަށް ގޭގައި ކުރެވިދާނެ ބައެއް ކަންތައްތަކަށް ބަލާލާނަމެވެ.
ފިނިކުރި ފެން
ގިނަ އިރު ވަންދެން ސްކްރީން ކުރިމަތީގައި އިނުމުން ލޯ ފުސްވެ ލޮލުގައި ރިއްސާ ގޮތްވެ އެވެ. މިކަމުން ސަލާމަތްވުމަށް އޮތް އެންމެ އަވަސް އަދި އެންމެ ފަސޭހަ ގޮތަކީ ފިނިފެނުން މޫނު ދޮވެލުމެވެ.
ފިނިފެންމާ ފެން
ފިނިފެންމާ ފެން ނުވަތަ ރޯޒް ވޯޓާއަކީ އޭގައި އެންޓި އިންފްލެމޭޓަރީ މާއްދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ. އެހެންކަމުން ފިނިފެންމާ ފެނާއި އާދައިގެ ފެން އެއްކޮށް ކަފަކޮޅަކުން ތެއްމާލުމަށްފަހު ލޮލުގައި އަޅައިގެން ފަސްއަރަކަށް މިނެޓު އޮތުމަކީ އެކަމުން ލޮލަށް އަރާމު ލިބޭނެ ކަމެކެވެ.
ކުދީނާ ފަތް
ކުދީނާ ފަތްކޮޅަކާއި ބޭސިލް ފަތްކޮޅެއް ފެން އެއްޗަކަށް އަޅާފައި އެއް ރޭ ވަންދެން ބަހައްޓާށެވެ. އަދި މި ފެނުން މޫނާއި ލޯ ދޮވެލުމަކީ ލޮލަށް ދިމާވާ އުނދަގޫތަކުން ދުރުކޮށްދޭނެ ކަމެކެވެ.
އަނެއްކާ ވެސް ޓިކެޓް އަގު ބޮޑުކޮށް އިތުރު ކެޓަގަރީތަކެއް
ހެދޭ އެންމެ ގޯހަކުން ހެނދުނު ކޮފީގެ ފައިދާތައް ގެއްލިދާނެ!
ކޮންމެ އުޅަނދަކުން 2 މިލިއަން ޑޮލަރު އީރާނަށް ދައްކަން ޖެހޭ