އެމްޑީޕީހެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝަމްމޫން ޖަލީލް (ލޫކަސް) ސަރުކާރުން އިސްތިއުފާ ދީފި އެވެ.
ހެރިޓޭޖު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެޓަރުގެ މަގާމުން އިސްތިއުފާ ދީފައިވާކަން ހާމަކޮށް ރައީސް ސޯލިހަށް ލޫކަސް ފޮނުވި ސިޓީގައި ބުނެފައިވަނީ ސަރުކާރުގައި މަސައްކަތް ކުރުމުގައި ފުރުސަތު ލިބުމަކީ ލިބުނު ތަޖުރިބާއެއް ކަމަށެވެ. އަދި ރައީސް ސޯލިހު ބެހެއްޓެވި ގާތްކަމަށް ޝުކުރު އަދަކުރާ ކަމަށެވެ.
ލޫކަސް މިހާތަނަށް ހުންނެވީ ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީގައި ކަލްޗަރަލް ހެރިޓޭޖް ޑިރެކްޓަރުގެ މަގާމުގަ އެވެ.
ދިވެހި ބަހާއި އަދަބިއްޔާތުގެ އިތުރުން، ރާއްޖޭގެ ތާރީހާއި ސަގާފަތާ ގުޅޭ ކަންކަމުގައި ކުރިއްސުރެ ވެސް އުޅުއްވާ ޝަމްއޫން އެންމެ ބޮޑަށް ފާހަގަކުރެވުނީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް ސޯޝަލް މީޑިޔާގައި ފާޅުކުރެއްވި ހިޔާލުތަކާ ގުޅިގެންނެވެ.
ރައީސް ސޯލިހް ވެރިކަމަށް ގެންނަން ކުރި ކެމްޕޭންގައި ވަރަށް ވަރުގަދައަށް ލޫކަސް މީސް މީޑިއާގައި ހަރަކާތްތެރިވި އެވެ. ނަމަވެސް ފާއިތުވި ދެތިން އަހަރު އޭނާ މީސް މީޑިއާގައި ސަރުކާރު ޕްރޮމޯޓް ކުރާ މަންޒަރެއް ނުފެނެ އެވެ. ލޫކަސް ދާދިފަހުން އިދިކޮޅު ފަރާތްތަކާއިއެކު ފޮޓޯއެއް ނެންނެގެވުމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު ވަނީ ސަރުކާރު ޕްރޮމޯޓުކުރުމުގެ މަސައްކަތްނުކުރާނަމަ އޭނާގެ މަގާމުން އިސްތިއުފާ ދިނުމުގެ ހިތްވަރު ހުންނަންވާނެކަމަށް ވިދާޅުވެފަ އެވެ.