ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެނަމަ ލ. އަތޮޅުގައި އިތުރު އެއާޕޯޓެއް ތަރައްގީކޮށްދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ލ.އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގެ ތެރެއިން އެއަތޮޅު އިސްދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިހާރު ވެސް ލ. އަތޮޅުގައި އެއް އެއާޕޯޓްގައި އޮންނަ ކަމަށާއި އިތުރު އެއާޕޯޓް އަންނަ ދައުރުގައި ތަރައްގީކޮށްދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެއާޕޯޓު އަޅާނެ ތަނެއް އަދި ނުނިންމާތީ މިއަދު އެ މަޝްރޫއު އިއުލާނުކުރަން ދަތި ކަމަށެވެ. ނަމަވެސް، އެކަން ނިންމައި އިއުލާނުކުރާނީ ރައްޔިތުންނާ މަޝްވަރާކުރުމަށް ފަހު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ކޮން ދިމާއަކު، ކޮން ތާކުތޯ އެ ތަން އަޅާނީ. އަދި ފައިނަލް ޑިސިޝަނެއް އަޅުގަނޑުމެން އެ އަކަށް ނުނަގަން. އިރާދަކުރެއްވިއްޔާ މި އަތޮޅުގައި އަޅުގަނޑުމެން އަދި އިތުރު އެއާޕޯޓެއް އެންމެ މަދުވެގެން އެއް އެއާޕޯޓު އަޅުގަނޑުމެން އަޅާނަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ލ.އިސްދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ.. ފޮޓޯ: އެމްޑީޕީ

ލ. ކައްދޫގައި ހިންގާ އެ އެއާޕޯޓު ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީ ކުރަން ވަނީ ނިންމައިފަ އެވެ. އަދި އެ ކަމަށް ބޭނުންވާ ބިން ހިއްކަން މިހާރު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ ލ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް މި އަހަރު ނިމުމުގެ ކުރިން ފަށާނެ ކަމަށެވެ. އަދި

އިސްދޫކަލައިދޫގައި ސިޓީ ހޮޓަލެއް އަޅަން ކުރިއަށް އޮތް ދައުރުގައި ހުޅުވާލާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.