އިނގިރޭސިވިލާތަށް ރާއްޖެ އިން ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ހައި ކޮމިޝަނަރު ނައުޝާދު ވަހީދު މަގާމުން ވަކިކޮށްފި އެވެ.
ނައުޝާދު މަގާމުން ވަކިކޮށްފައިވަނީ މިއަދު އެވެ.
ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހީމް ވަހީދު ސޮއިކުރައްވާ ނައުޝާދަށް ފޮނުއްވި ސިޓީގައި ވަނީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ ބާރުގެ ދަށުން، އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސަފީރުގެ ނާއިބުގެ މަގާމުން ނައުޝާދު ވަކިކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ކަމަށެވެ.
ނައުޝާދު މަގާމުން ވަކިކުރައްވާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތައުރީފު ކުރައްވައި އަދި އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރު ޑރ. ފަރަހަނާޒް ފައިސަލަށް ފާޑު ވިދާޅުވެ ޓްވީޓެއް ކުރެއްވި ފަހުންނެވެ.
ނައުޝާދަކީ ރައީސް ނަޝީދުގެ ޒަމާންވީ ގާތް ރަހުމަތްތެރިއެކެވެ. އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ކޮއްކޮ އެވެ.
25 އަހަރަށްފަހު ރިޓަޔާކުރާ ފުލުހުންނަށް ވެސް ބޭސްފަރުވާ ލިބޭނެ!
ހިމަބިހި ފެތުރޭތީ ވެކްސިން ޖަހަން ފަށައިފި
ޕީޖީން އަންގާ މައްސަލަތައް އަަވަސްކުރެވޭ ގޮތް އޭސީސީން ހަދައިފި