ވައްކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހެއްގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން މަންމަނަކަށް ހެދިއްޖެ އެވެ.
ކްރިމިނަލް ކޯޓުން ނެރެފައިވާ ބަންދުގެ އަމުރުގައިވާ ގޮތުން ވައްކަމުގެ މައްސަލައެއްގައި ކްރިމިނަލް ކޯޓަށް ހާޒިރު ކުރީ 50 އަހަރުގެ ފިރިހެނެކެވެ. ބަންދުގެ އަމުރުގައިވާ ގޮތުން އޭނާ މުއްދަތުގެ މަޖިލީހުގައި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
އެކަމަކު ކޯޓުގައި ފުލުހުން ބުނީ އެއީ ވާހަކަ ދައްކައި އަދި އަޑު ވެސް އިވޭ މީހެއް ކަމަށެވެ. ފުލުހުން ވަނީ އޭނާ އާ ދެކޮޅަށް ވައްކަމާ ގުޅޭ މައްސަލައިގައި ހެކި ވެސް ހުށަހަޅައިފަ އެވެ.
"މާލޭ ކަސްޓޯޑިއަލްގެ ފަރާތުން ވެސް ޑީއުޓީގައި އިން އޮފިސަރު މީނާ ވާހަކަ ދައްކާ މީހެއް ކަމަށާއި މިވަގުތު ވާހަކަ ނުދައްކާ އިނީ ކަމަށް ބުނި،" ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް ޒިހުނީ ނެރުއްވި އެ އަމުރުގައިވެ އެވެ.
ކުށުގެ ރިކޯޑު އޮންނަ އެމީހާގެ ބަންދަށް އެ ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ.
ދެ ރައީސުންނާއެކު މަސައްކަތްކުރަން ނިންމީ ގައުމުގެ މަސްލަހަތުގައި
ޑައިވިންއަށް ދިޔަ އިޓަލީގެ އެކަކު މަރުވެ، އިތުރު 4 މީހަކު ހޯދަނީ
އެމެރިކާއަށް އެއްވެސް އިތުބާރެއް ނެތް: އީރާން