ހުތުރު ބަހެއް ބޭނުންކުރި ކަމަށް ބުނެ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ކުރާ ދައުވާގެ ޝަރީއަތް މިއަދު ފަށައިފި އެވެ.
އަބްދުއްރަހީމްގެ މައްޗަށް ދައުވާ ކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކުރި މަނީ ލޯންޑްރިންގެ ދައުވާގެ ހުކުމް އިއްވުމުގެ މަޖިލިސް 28 ނޮވެމްބަރު، 2019 ގައި ކްރިމިނަލް ކޯޓުގައި ހިނގަމުންދިޔަ ވަގުތު އެ ސަރަހައްދުގައި ކުރި މުޒާހަރާގައި ވާހަކަ ދައްކަވަމުން އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންނަށް ނިސްބަތްކޮށް، ހުތުރު ބަހެއް ވިދާޅުވެ އެ މީހުން ޖަލަށްލާނެ ކަމަށް ބުނެފައިވާތީ ކަމަށެވެ.
ދައުވާ އިއްވުމުން އަބްދުއްރަހީމްގެ ވަކީލުން އެދުނީ ލިޔުންތައް ދިރާސާކޮށް، ޖަވާބުދާރީވާން ދެން އޮންނަ އަޑުއެހުމަކަށް ހަމަޖައްސައި ދިނުމަށެވެ. އެ މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު އެ ފުރުސަތު ދެއްވި އެވެ.
އެ ދައުވާ ސާބިތުވިޔަސް، އަންނާނީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ކުށަށް އެއްބަސްވެއްޖެ ނަމަ، އެއަށް ވުރެ ވެސް އަދަބު ލުއިވާނެ އެވެ.
މެރިން އެކްޕޯގެ މޮޓޯ އެކްސް ސްޓޯލަށް ގޮސްގެން ހާއްސަ އޮފާތަކެއް
ކުޑަކުދިން ލައްވާ ކުށްކުރުވާ މީހުންނަށް ހަރުކަށި އަދަބު ދޭނަން
މާލޭ ހިޔާ އެކެއްގެ 5 ވަނަ ފްލޯއިން މީހަކު ވެއްޓިގެން ފަރުވާދެނީ
