ރޭ މާލޭގައި ހިނގި އެކްސިޑެންޓގައި ތިން މީހަކަށް އަނިޔާވެ ދެމީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފި އެވެ.
މި އެކްސިޑެންޓު ހިނގާފައި ވަނީ ރޭ މާލެ ބޮޑުތަކުރުފާނުމަގުން ވިލާ ކޮލްޖެ ކައިރިން 11:30 އެހާކަންހާއިރު އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އެކްސިޑެންޓޫގައި އަނިޔާވެފައި ވަނީ ދެ ފިރެހެނަކާއި އަންހެނެކެވެ.
ފުލުހުން ބުނެފައި ވަނީ އެކްސިޑެންޓުގައި އަނިޔާވި ތިން މީހުންގެ ވެސް ހާލު ސީރިއަސް ކަމަށެވެ. އަދި އޭގެ ތެރެއިން ދެ ފިރިހެނުންނަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓާރުގަ އެވެ.
އެމީހުންނަށް މިހާރު އަންނަނީ އައިޖީއެމްއެޗް ގައި ފަރުވާދެމުންނެވެ.
ދިރާގު ގޭމާސް ގިލްޑްއަށް ސައިން-އަޕް ކޮށްގެން ޕީއެސް5 ޕްރޯއެއް
އިޒްރޭލް މީހުން ބުނަނީ ހަނގުރާމަ ކާމިޔާބު ކުރީ އީރާނުން ކަމަށް
ހިމަބިހީގެ ކޭސްތަކުގެ އަދަދު 22 އަށް އަރައިފި
