ދިރާގު ގޭމާސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސައިން-އަޕް ކޮށްގެން ޕްލޭސްޓޭޝަން 5 ޕްރޯއެއް ހޯދުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ.
އެ ކުންފުނިން ބުނިގޮތުގައި މިއީ، ގޭމް ކުޅުންތެރިންނަށް އެންމެ ފަހުގެ ޕްލޭސްޓޭޝަނަށް އަޕްގްރޭޑް ކޮށްލަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެކެވެ. މި ފުރުސަތުގެ ބޭނުންހިފައި، މި ލަކީޑްރޯގައި ބައިވެރިވުމަށް ހަދަންޖެހޭ ގޮތަކީ:
- ޑީޖީޖީއަށް ސައިން-އަޕް ކުރުން: https://dgg.mv/sign-up
- އަމިއްލަ ނަންބަރު ވެރިފައިކުރުމަށްފަހު ޔޫޒާ-ނޭމް އަޕްޑޭޓްކުރުން
ދިރާގުން ބުނީ މިހާ ފަސޭހައިން ބައިވެރިވެވޭ ގޮތަށް ސެޕްޓެންބަރު 16ގެ ނިޔަލަށް ކުރިއަށްގެންދާ މި އަގުހުރި ލަކީ ޑްރޯގައި ރާއްޖޭގެ ކޮންމެ މީހަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލާފައިވާ ކަމަށެވެ. އަދި، ލަކީ ޑްރޯއިން ހޮވޭ ނަސީބުވެރިއަކަށް މުޅިން އާ ޕީއެސް5 ޕްރޯއެއް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
މި ލަކީ ޑްރޯގެ ނަސީބުވެރި ފަރާތްތައް ދިރާގުގެ ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާނުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ދިރާގުން ބުނީ ޑީޖީޖީ އިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ- ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށް، ދިވެހި ގޭމަރުންނަށް އެންމެ ފަހުގެ ވަސީލަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވަމުން ކަމަށެވެ. އަދި، ޑީޖީޖީ އިން އަންނަނީ ވާދަވެރި މުބާރާތްތައް އަގުހުރި އިނާމުތަކާއެކު ބާއްވައި ރާއްޖޭގެ ގޭމިން ހުނަރު އިތުރުކުރުމަށް ގިނަ ފުރުސަތުތަކެއް ހޯދައިދެމުން ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
ހިމަބިހީގެ ކޭސްތަކުގެ އަދަދު 22 އަށް އަރައިފި
އަނގައިގެ ކެންސަރުގެ ނުރައްކާ އެންމެންނަށް ވެސް އެބައޮތް!