އަގުހުރި އިނާމުތަކަކާއެކު މީޑިއާނެޓުން ފަށާފައިވާ "އަޕްގްރޭޑް އެންޑް ވިން" ޕްރޮމޯޝަންގައި މިހާތަނަށް ވެސް ގިނަ ބަޔަކު ބައިވެރިވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެ ޕްރޮމޯޝަންއަކީ މީޑިއާނެޓް ބޭނުންކުރާ ފަރާތްތަކުން މިވަގުތު ސަބްސްކްރައިބް ކޮށްފައިވާ ޕްލޭން އަށްވުރެ ބޮޑު ޕްލޭންއަކަށް ސަބްސްކްރައިބް ކޮށްގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު އޮތް ޕްރޮމޯޝަން އެކެވެ.

އެގޮތުން އެ ޕްރޮމޯޝަންގެ ދަށުން ގުރުއަތުން ހޮވޭ ނަސީބުވެރި ތިން ފަރާތަކަށް އައިފޯން 15، ޓީސީއެލް 55 އިންޗި ޓީވީ އަދި ސެމްސަންގް ސައުންޑްބާއެއް ހަދިޔާކުރަން ވަނީ ހަމަޖެހިފަ އެވެ.

މީޑިއާނެޓުގެ މާކެޓިން ޓީމުން ބުނީ މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް ހުޅުވާލެވިފައިވާ ކަމަށެވެ.

އެހެން ކަމުން ވީހާވެސް ގިނަ ފަރާތްތަކުން ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ޕެކޭޖު އަޕްގްރޭޑްކޮށް ޕްރޮމޯޝަންގައި ބައިވެރިވުމަށް މީޑިއާނެޓުން ދައުވަތުދެ އެވެ.

މީޑިއާނެޓަކީ ރާއްޖެއާއި ބޭރުގެ އެކި ކޮންޓެންޓްތައް ދިވެހިންނާ ހަަމައަށް ގެނެސްދިނުމުގައި ހަރަކާތްތެރިވާ އެންމެ ތަޖުރިބާކާރު ކުންފުންޏެވެ. އެކުންފުނިން ދޭ ޚިދުމަތްތަކުގެ ތެރޭގައި ރާއްޖެއިން ބޭރުގެ އެކްސްކްލޫސިވް ޗެނަލްތައް ވެސް ހިމެނެ އެވެ.