މި ދަތުރުފުޅުގައި ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ދުބާއީގައި އިންވެސްޓްމަންޓް ފޯރަމެއް ބާއްވަން ވެސް ހަމަޖެހިފައިވޭ. މި ފޯރަމްގައި ސަރުކާރު ހިއްސާވާ ގިނަ އަދަދެއްގެ ކުންފުނިތަކުން ބައިވެރިވޭ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މާދަމާ ޔޫއޭއީއަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

"ހުރިހާ" އަށް އެނގިފައިވާ ގޮތުގައި ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ ވޯލްޑް ގަވާމަންޓްސް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ސަމިޓް އޮތީ ފެބްރުއަރީ 12، އިން 14 އަށެވެ.

އެ ސަމިޓްގައި ރައީސްގެ އިތުރުން ރާއްޖޭގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.

މި ދަތުރުފުޅުގައި ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ދުބާއީގައި އިންވެސްޓްމަންޓް ފޯރަމެއް ބާއްވަން ވެސް ހަމަޖެހިފައިވެ އެވެ. މި ފޯރަމްގައި ސަރުކާރު ހިއްސާވާ ގިނަ އަދަދެއްގެ ކުންފުނިތަކުން ބައިވެރިވާ ކަމަށް ވެސް އެނގިފައިވެ އެވެ.

ޔޫއޭއީއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ފެބްރުއަރީ 15، ގަ އެވެ.

ރައީސް ޑރ. މުއިއްޒު ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު، ކޮޕް 28 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ވެސް ޔޫއޭއީއަށް ވަޑައިގެންނެވި އެވެ.

ރައީސް އިންތިހާބުވެވަޑައިގެންނެވި ފަހުން އެންމެ ފުރަތަމަ ވަޑައިގެންނެވީ އަބޫދާބީއަށެވެ. އެއީ ޔޫއޭއީގެ ހަރަދުގައި އެ ގައުމަށް ކުރެއްވި ނުރަސްމީ ދަތުރުފުޅެކެވެ.

ރައީސް މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި އެންމެ ފަހުން ވަޑައިގެންނެވީ ޗައިނާއަށެވެ.