ހެނދުނުގެ ނާސްތާ އަކީ ދުވަހުގެ އެންމެ މުހިއްމު ކެއުމެވެ. އެގޮތުން އެއީ ދުވަހުގެ ފެށުން ރަނގަޅު ކޮށްދޭ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް މީހާ އެ ދުވަހަށް ތައްޔާރު ކޮށްދޭނެ ކެއުމެވެ.

ހެނދުނުގެ ނާސްތާއަށް ކޮންމެ ކޮންމެ ކެއުމެއް ރަނގަޅެއް ނޫނެވެ. އެއީ ދުވަހުގެ އެންމެ މުހިއްމު ކާ ގަޑިއަށްވެފައި އަދި ގިނައިރު ވަންދެން ހައިބަނޑާ ހުރުމަށްފަހު ނަގާ ކެއުމަށްވުމުން އެގަޑީގައި ކާން ޖެހޭނީ ވީހާވެސް ސިއްހަތަށް ފައިދާ ހުރި އަދި ވައިގެ އުނދަގޫ ކުރިމަތި ނުކުރުވާނެ ކެއުމެކެވެ.

އެގޮތުން ބިހަކީ ހެނދުނު ކެއުމަށް އެންމެ އެކަށީގެންވާ އެއް ކާނާ އެވެ. ޒަމާނުއްސުރެ ހެނދުނުގެ ނާސްތާއަށް ބޭނުން ވެސް ކުރަމުން އަންނަ ބިހަކީ ބަނޑުހައިކަން އަވަހަށް ފިލުވާލަދޭ، ހަށިގަނޑުގެ އިންސިއުލިން ލެވެލް އާއި ބުލަޑު ޝުގާ މެއިންޓެއިން ކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ.

ހަމައެހެންމެ، ގުރީކް ޔޯގަޓަކީ ވެސް ހެނދުނުގެ ނާސްތާއަށް ކަމުދާނެ އެއް ބާވަތެވެ. އެއީ އަނގަޔަށް ވެސް މީރު އަދި ސިއްހަތަށް ވެސް ފައިދާ ހުރި ޔޯގަޓުގެ ބާވަތެކެވެ.

ބުއިންތަކުގެ ތެރެއިން ސައަކީ ހެނދުނު ގަޑިއަށް އެންމެ އެކަށީގެންވާ އެއް ބުއިމެވެ. ސަބަބަކީ ގިނަ އަދަދަކަށް އެންޓި އޮކްސިޑެންޓްސް އެކުލެވޭ އެ ބުއިމުން ނިދި ފިލުވައިދީ މޫޑު ވެސް ރަނގަޅު ކޮށްދޭތީ އެވެ.

މަތީގައި ބަޔާން ކުރެވުނު ބާވަތްތަކުގެ އިތުރުން ތަފާތު ވައްތަރުގެ ބެރީސް އަކީވެސް ހެނދުނުގެ ނާސްތާގައި ހިމެނުމަށް ރަނގަޅު ކާނާ އެކެވެ. އެގޮތުން ބުލޫ ބެރީސް އާއި ރާސް ބެރީސް، ސްޓުރޯބެރީސް އާއި ބުލެކުބެރީސް ވެސް ހެނދުނު ނަސްތާގައި ހިމަނާލާށެވެ.