ޒަކާތު ހައުސްގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް އައްޝައިހް އިއްޒައްދީން އަދުނާން އައްޔަން ކުރައްވައިފި އެވެ.
އިއްޒުއްދީން މިމަގާމަށް އައްޔަނުކުރެއްވީ ރޭ އިސްލާމިކް މިނިސްޓްރީންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އިއްޒުއްދީން އަކީ 2008 ވަނަ އަހަރުން ފެށިގެން އިސްލާމިކް މިނިސްޓްރީގެ އެކިއެކި މަގާމުތައް ފުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން އިއްޒުއްދީން އެންމެ ފަހުން ފުރުއްވީ އިސްލާމިކް މިނިސްޓްރީގެ މުސާއިދު ވާއިޒުގެ މަގާމެވެ.
އިއްޒުއްދީން މަތީ ތައުލީމް ހާސިލްކުރެއްވީ ޕާކިސްތާނުގެ އިސްލާމީ އާބާދުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީންނެވެ. އޭނާ މިހާރު ގެންދަވަނީ އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސްގައި ޕީއެޗްޑީ ހާސިލްކުރައްވަމުންނެވެ.
އިއްޒުއްދީން ވަނީ 2016 ވަނަ އަހަރު މާސްޓަ އޮފް ޝަރީއާ ފުރިހަމަ ކުރައްވާ ބުކް ޕްރައިޒް ވެސް ހާސިލްކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީގެ 116 ވަނަ މާއްދާއިން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު "ދިވެހިރާއްޖޭގެ ޒަކާތު ހައުސް" އުފެއްދެވީ މިދިޔަ ޑިސެމްބަރު 18 ވަނަ ދުވަހު އެވެ. އަދި މި އަހަރު ޖެނުއަރީ ދެވަނަ ދުވަހު ރައީސް ވަނީ "ދިވެހިރާއްޖޭގެ ޒަކާތު ހައުސް" އިފްތިތާހްކޮށްދެއްވާފަ އެވެ.
އދ އަށް ހުށަހެޅި ކަނޑުއޮޅީގެ ގަރާރު ރާއްޖެއިން ކޯސްޕޮންސާކޮށްފި
މިހާރު "ދުރަންދަރް 2" ނެޓްފްލިކްސްއިން ބަލާލެވޭނެ!
އެންޖެލީނާއާ ބައްދަލު ކުރަން އޭނާގެ ބައްޕަ އާދޭސް ކުރަނީ!