ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުން މިނިވަންވެވަޑައިގެން މިރޭ ފުވައްމުލަކަށް ވަޑައިގަތުމުން އެމަނިކުފާނަށް އެ ސިޓީން ވަރަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
މިރޭ އިރާކޮޅުގެ ވަގުތެއްގައި ޔާމީން ފުވައްމުލަކަށް ވަޑައިގަތުމުން އެމަނިކުފާނުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން މަރުހަބާ ކިޔަން ގޮސްފައިވެ އެވެ.
ޕީއެންއެފްގެ ވަގުތީ ސެނެޓު މެންބަރު އަދި ޔާމީން ސަރުކާރުގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ ގިނަ އަދަދެއްގެ ސަޕޯޓަރުން އެމަނިކުފާނަށް މަރުހަބާ ދަންނަވަން ނުކުތީ "މުއިއްޒު ނޫން ގޮތެއް" ހޯދުމަށް ކަމަށެވެ.
އެމްޑީޕީން ވާދަނުކުރާ ދާއިރާއެއް ކަމަށްވާ ފުވައްމުލަކު އުތުރު ދާއިރާއަށް ރައީސް ޔާމީންގެ ތާއީދާއެކު ވާދަކުރައްވާ މުހައްމަދު ޝަރަފުއްދީނަށް ތާއީދުކުރަން އެމްޑީޕީން ވަނީ ނިންމާފަ އެވެ. އަދި ބަދަލުގައި ފުވައްމުލަކު ދެކުނު ދާއިރާއަށް ވާދަކުރައްވާ ނަޒަރާ ނަސީމަށް ތާއީދު ކުރަން ޕީއެންއެފް އިން ވަނީ ނިންމާފަ އެވެ.
ފުވައްމުލަކަކީ ޔާމީންގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވެސް ނިސްބަތްވެވަޑައިގަންނަވާ ރަށެވެ. އަދި ޕީއެންއެފްގެ ބައެއް އިސް ބޭފުޅުންނަކީ ވެސް އެރަށަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންނެވެ.
ސްރީލަންކާގެ ޖަލެއްގައި ހިނގި ހަމަނުޖެހުމެއްގައި 20 މީހުން މަރު
ދިރާގުޕޭއިން ބިލް ދައްކައިގެން ބާލީއަށް ދިއުމުގެ ފުރުސަތު
ޕްރިތީގެ މައްސަލައާއެކު ކޯޓުގެ އަމުރެއް ގޫގުލް އަދި މެޓާއަށް!
