މަޝްހޫރު ބޯއީ ބޭންޑް ވަން ޑިރެކްޝަންގެ ލަވަކިޔުންތެރިޔާ ޒޭން މާލިކް އާ އަލްބަމެއް ނެރެފި އެވެ.

"ރޫމް އަންޑާ ދި ސްޓެއާސް" ގެ ނަމުން ނަންދީފައިވާ މި އަލްބަމްގައި 15 ލަވަ ހިމެނެ އެވެ.

ޒޭން މަޝްހޫރުވެފައި ވަނީ ވަން ޑިރެކްޝަން ބޭންޑްގައި އުޅުނުއިރު އެވެ. 2015 ގައި އޭނާ ވަން ޑިރެކްޝަނުން ވަކިވީ އަމިއްލަ އަށް ލަވަ ކިޔުމަށެވެ. އޭގެ ފަހުން އޭނާ ނެރެފައިވާ ލަވަތައް ވަނީ މަޝްހޫރުވެފަ އެވެ.

އޭގެ ތެރެއިން "ޕިލޯ ޓޯކް" އެއީ ފާހަގަކޮށްލެވޭ ލަވައެކެވެ. މި ލަވަ ވަނީ އިނގިރޭސިވިލާތުގެ އެއްވަނައަށް އަރާފަ އެވެ.

"ރޫން އަންޑާ ދި ސްޓެއާސް" އަކީ ޒޭންގެ ހަތަރުވަނަ އަލްބަމެވެ.