ރައްޔިތުންގެ މަޖިލިސް ހުރި ސައިކަލުތަކެއްގައި ރޯކޮށްލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
މިދިޔަ މަހު ފަހެއްގައި ހައްޔަރުކޮށް 30 ދުވަސް ޖެހުމަށްފަހު އެ މީހާ އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ވަނީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފަ އެވެ.
ޖޫން މަހުގެ ތިންވަނަ ދުވަހުގެ ރޭ ސައިކަލްތަކެއް ރޯކޮއްލިކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ 36 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ. އޭނާ އަކީ ކުރިން ވެސް ކުށުގެ ރިކޯޑް އޮންނަ މީހެއް ކަމަށްވެ އެވެ.
އޭގެ ފަހުން ޖޫން 16 ގައި ވެސް މާލެ މަގެއްގައި ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގައި ރޯވެފައިވެ އެވެ. ނަމަވެސް އެއީ ބަޔަކު ގަސްދުގައި ކުރި ކަމެއްކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އެމެރިކާއިން އަލުން ހަމަލާ ދޭނަމަ ރައްދު ވަރުގަދަވާނެ: އީރާން
ނިދި ހަމަ ކުރިޔަސް ވަރުބަލި ވަނީތަ؟ ސަބަބަކީ މިއީ ކަމަށް ވެދާނެ!
އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑު ކުރަން 7 އުސޫލެއް!