މިދިޔަ އަހަރުގެ އޭޕްރީލް މަހު ބޮލީވުޑްގެ އެކްޓަރު ސަލްމާންއަށް ހަމަލާ ދޭން މަސައްކަތް ކުރުމުގެ ތުހުމަތު ކުރެވޭ ދެ މީހުންގެ ތެރެއިން އެކަކު ކަމަށްވާ އަންމޯލް ބިޝްނޯއީ ހައްޔަރު ކުރަން އަމުރެއް ނެރެފި އެވެ.

ހުކުރު ދުވަހު މުމްބާއީގެ ކޯޓަކުން އަންމޯލް ހައްޔަރު ކުރަން އަމުރު ނެރެފައިވާއިރު އެ އަމުރަކީ ކަފާލާތުގެ ފުރުސަތު ވެސް ނެތް ގޮތަށް ނެރެފައިވާ އަމުރެކެވެ.

އިންޑިއާގެ ގޭންގެއް ކަމަށްވާ ލޮރެންސް ބިޝްނޯއީގެ ގޭންގުން ސަލްމާންއަށް ހަމަލާ ދޭން މަސައްކަތް ކުރާތާ އަހަރުތަކެއް ވެފައިވާއިރު އެންމެ ފަހުން އެފަދަ ހަމަލާއެއް ދިނީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ސަލްމާންގެ ގޭގެ ބޭރުގަ އެވެ.

އެ ހަމަލާގައި ސަލްމާންއަށް އެއްވެސް އަނިޔާއެއް ނުވި ނަމަވެސް އޭގެ ފަހުން ދުވަސްތަކެއް ވަންދެން އޭނާއަށް ފުލުހުންގެ ހާއްސަ ރައްކާތެރިކަން ލިބުނެވެ.

ބިޝްނޯއީ ގުރޫޕުން ސަލްމާންއަށް ހަމަލާދޭން މަސައްކަތް ކުރަނީ އަހަރު އެ ގޭންގުގެ ލީޑަރުން ނިސްބަތްވާ ދީނުގައި މާތްކޮށްފައިވާ ޖަނަވާރެއް 1996 ވަނަ އަހަރު ސަލްމާން މަރާލަން އުޅުނު ކަމަށް ބުނެ އެވެ.

މި ހަމަލާގެ ފަހަތުގައިވާ "މާސްޓާ މައިންޑް" އަދި ބިޝްނޯއީ ގުރޫޕްގެ ލީޑަރު ލޮރެންޑސް ބިޝްނޯއީ މިހާރުވެސް ހުރީ އަހްމަދު އާބާދުގެ ޖަލެއްގައި ހައްޔަރުކޮށްފަ އެވެ.