ހޮލީވުޑްގެ މަޝްހޫރު އެކްޓަރެއް ކަމަށްވާ ޖެނިފާ އެނިސްޓަންގެ ގަޔަށް ކަޅުތެޔޮ ޖަހާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވެއްޖެ އެވެ.

ހަބަރުތައް ބުނާ ގޮތުގައި މި ކަން ހިނގާފައި ވަނީ ޖެނިފާގެ ޝޯ ކަމަށްވާ "ދަ މޯނިން ޝޯ" ސީޒަން ހަތަރެއްގެ ޝޫޓިން ކުރިއަށް ދަނިކޮށެވެ. މީހެއްގެ ގަޔަށް ކަޅުތެޔޮ ޖެހުމަކީ އާއްމު ގޮތެއްގައި ނުރުހުމާއި ނަފްރަތުގެ އަމަލެއް ނަމަވެސް ޖެނިފާގެ ގަޔަށް ކަޅުތެޔޮ ޖަހާފައިވަނީ އެފަދަ ސަބަބަކާ ހެދިއެއް ނޫނެވެ.

https://www.youtube.com/watch?v=HUGovoOO4aU

އެހެނެއްކަމަކު އޭނާގެ ގަޔަށް ކަޅުތެޔޮ ޖަހާފައިވަނީ ދަ މޯނިން ޝޯގެ މަންޒަރަކަށެވެ. އެއީ އެ ޝޯގެ ސްކްރިޕްޓްގައި އޮތް ކަމަކަށްވާއިރު ޖެނިފާ އެކަން ވަރަށް ފުރިހަމަކަމާއެކު ވަނީ ކޮށްފަ އެވެ.

މިކަމުން ވެސް ދައްކައިދެނީ ޖެނިފާ އޭނާގެ މަސައްކަތަށް ބަހައްޓާ ލޯތްބާއި ފަރުވާތެރިކަން ކަމުގައި މީޑިއާތަކުން ފާހަގަކުރާއިރު އޭނާއަށް އާއްމުންގެ ތައުރީފު ވެސް އަންނަނީ ލިބެމުންނެވެ.

ޖެނިފާ އެނިސްޓަން އާއްމުންގެ މަގުބޫލުކަން ހޯދީ 1994 ން 2004 އަށް ކުރިއަށް ގެންދިޔަ މަޝްހޫރު ސިޓްކޮމް "ފްރެންޑްސް"ގައި އޭނާ ދައްކުވައިދިން "ރޭޗަލް"ގެ ރޯލުންނެވެ.