ނ. ހޮޅުދޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ މިއަދު ހެނދުނު ފެނުނު ޒަކިއްޔާ މޫސާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މާލެ ގެންނަައުމުގެ މަސައްކަތް ކުރަމުން އެބަދެ އެވެ.

އޭނާ ދިރިއުޅޭ ގޭގެ ގުދަނެއްގެ ކައިރީގައި މަރުވެފައިވާ އޮއްވާ ފެނިފައިވަނީ އެގެއިން ކުނި ނެރެން ދިޔަ މީހަކަށް ކަމަށްވެ އެވެ. އޭނާގެ ކަރަށް ވަޅިން ހަމަލާ ދީފައިވާއިރު އެކި ޒަހަމް ހުރިކަމަށް މަައުލޫމާތު ލިބެ އެވެ.

ޕޯސްޓްމޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑު މާލެ ގެނައުމަށް ފުރުވާލާފައިވަނީ މިރޭ 10:30 އެހާއިރު އެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު "ހުރިހާ" އަށް ބުނީ މިއަދު ފުލުހުންގެ ޓީމުން އެރަށަށް ގޮސް ބެލިބެލުމުން އޭނާ މަރާލާފައިވާކަމަށް ޝައްކު ކުރެވޭތީ ޕޯސްޓްމޯޓަމް ހެދުމަށް މިހާރު ވަނީ ހަށިގަނޑު މާލެ ފޮނުވާފައި ކަމަށެވެ.

ޒަކިއްޔާ އާއެކު އެގޭގައި ދިރިއުޅެނީ އޭނާގެ ފިރިމީހާގެ އިތުރުން ދަރިއަކާއި ދަރީގެ އަންހެނުންގެ އަދި މާމަ ދަރިންނެވެ.

އުމުރުން 50 އަަހަރުގެ ޒަކިއްޔާއަކީ މީހުންނާ ގުޅޭ ހިތްހެޔޮ މިޒާޖެއްގެ މީހެއްކަމަށް އެރަށުން ވާހަކަދެއްކި މީހާ ބުންޏެވެ. އޭނާގެ ކުއްލި ވަކިވެ ދިއުމާ ގުޅިގެން މުޅިރަށަށް ވަނީ މާޔޫސްކަން ވެރިވެފަ އެވެ. ރައްޔިތުން ތިބީ ހާސްކަމެއްގެ ތެރޭގަ އެވެ،