ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވުމަށްޓަކައި މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ޑރ. މުހައްމަދު ފޮނުއްވާފައިވާ އައްބާސް ޝަރީފާ މެދު އާންމުގެ ޝަކުވާއެއް އޮތްތޯ ބަލަން އިއުލާން ކުރަން ޖުޑިޝަރީ ކޮމިޓީން ނިންމައިފި އެވެ.
މިރޭ ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި އެފަދައިން ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދެވެ. އަދި އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ފޭދޫ އުތުރު ދާއިރާގެ މެމްބަރު އިސްމާއީލް ނިޒާރެވެ.
ކޮމިޓީން މިރޭ ފާސްކުރީ އައްބާސްއާ ގުޅޭގޮތުން ޝަކުވާއެއް ވާނަމަ އެކަން އަންނަ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މަޖިލީހުގެ އިދާރާއަށް ހުށަހެޅުމަށެވެ. އެއަށްފަހު އޮންނާނީ އައްބާސް ކޮމިޓީއަށް ހާޒިރުކޮށް އިންޓަވިއު ކުރުމަށެވެ.
އައްބާސްގެ ނަން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ ވެސް މިރޭ ބޭއްވި މަޖިލީހުގެ ޖަލްސާގަ އެވެ. އައްބާސަކީ ރައީސް މުއިއްޒުގެ ލީކަލް ސެކްރެޓަރީ އެވެ.
3،984ރ. ގައި ހުރި ހިޔާ ފްލެޓްގެ ކުލި ކުޑަކޮށްދޭން އެދިއްޖެ
ސޮނާކްޝީގެ ކައިވެނިން އޭނާގެ ބޭބެއިން ނުފެނުނީ ކީއްވެ؟
ރަންބީރުގެ މޫނު މަތީގައި އަނުޝްކާ ޖެހީ ކީއްވެ؟
