މާލެ، ބޮޑުފުޅައް ގޯޅީގައި އޮތް ކާރެއް ބަލައި ފާސްކޮށް މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ސެޕްޓެންބަރު 12 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި، ފުލުހުން ބޮޑުފުޅައް ގޯޅިން ދިޔައިރު ކާރެއް ކައިރީގައި ތިބި ބަޔަކަށް ފުލުހުން ފެނުމުން ކާރު ދޫކޮށްލާފައި ގޮސްފައިވާ ކަމަށެވެ. އެހެންކަމުން، ތުހުމަތުކުރެވިގެން ފުލުހުން ގޮސް އެކާރު ބަލައި ފާސްކުރިއިރު 106 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ރަސުލް އުލާ ރިދޯއީ ނަމަކަށް ކިޔާ 30 އަހަރުގެ ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ހެނދުނުގެ ނާސްތާ ދޫކޮށްލާނަމަ "ގޯލްބްލެޑާ"އަށް އަސަރުކުރޭ!
"އެއާޕޯޓު ފާސް ނަހަމަގޮތުގައި ބޭނުންކުރާނަމަ ފިޔަވަޅު އަޅާނެ"
ޝުޖާއު ވަކިކުރަން ނިންމި ނިންމުން އަނބުރާ ގެންދަން ގޮވާލައްވައިފި