ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ޓެކްސީއަކާއި ޕިކަޕެއްޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 10 ޖަހާކަންހާއިރު އެވެ.
މިކަމާއި ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ ވީއައިއޭގައި ޓެކްސީއެއް ކޮންޓުރޯލް ނުކުރެވި އެކްސިޑެންޓެއް ހިނގައިފައިވާކަމަށެވެ. މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ދުއްވަމުން ދިޔަ ޑްރައިވަރަށް ދިމާވި ސިއްޙީ ކުއްލި ހާލަތެއްގެ ސަބަބުންކަމަށް ޕްރެލިމިނަރީ އެސެސްމެންޓްތަކުން ލަފާ ކުރެވޭކަަމަށް އެ ކުންފުނިން ބުންޏެވެ.
ހާދިސާ ހިނގިގޮތް އިތުރަށް ބަލަމުންދާކަމަށްވެސް އެމްއޭސީއެލުން ބުނެ އެވެ.
ހާދިސާގެ ވީޑިއޯއާއި ފޮޓޯ ދައުުރުވަމުން ދާއިރު، ކާރު އޮތީ ޕިކަޕެއްގެ ފަހަތުގައި ޖެހި ޕިކަޕްގެ ދަށަށް ކާރުގެ ބޮޑުބައެއް ވަދެފަ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމުގެ މައުލޫމާތު ލިބިފައިނުވެ އެވެ.
ތިނަދޫގެ ރަށްވެހިކަން ދޫކޮށްލާ މީހުންގެ އަތުން 5000ރ. ގެ ފީއެއް
ޖޭލޯ އޭނާގެ އެންގޭޖްމަންޓް އަނގޮޓިތައް ވިއްކާލަނީ؟
މޭޒުދޮށު ވަޒީފާއެއްގައި އުޅޭނަމަ މިކަންކަމަށް ސަމާލުވޭ!